ޕީއެންސީއާ ގުޅުނު އަމިއްލަ މެންބަރުންގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅަން ކޯޓަށް ހުށަހަޅަނީ
މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެންބަރުންގެ ތެރެއިން ޕީއެންސީއަށް ސޮއިކުރި މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމު ކޯޓަށް މައްސަލައެއް ހުށަހެޅުމުގެ މަސައްކަތް ފަށައިފި އެވެ.ކުރީގެ މަޖިލިސް މެންބަރު އަލީ ހުސެން މިއަދު ވިދާޅުވީ ގޮނޑި ގެއްލިފައިވާ ހައެއްކަ މެންބަރުން މިވަގުތު މަޖިލީހުގައި އެބަތިބި ކަމަށާއި އެ މީހުންގެ މައްސަލަ ސުޕްރީމު ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.އަލީ ހުސެއިން އެ މަސައްކަތް ފެއްޓެވީ އިންތިހާބުވާ ޕާޓީ ބަދަލުކޮށްފި ނަމަ، މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނުއަސާސީއަށް މަޖިލީހުން ގެނައި އިސްލާހު ބާތިލް ކުރަން އޭނާ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އައި ގޮތުންނެވެ. އެ މައްސަލާގައި މިހާރުގެ މަޖިލިސް މެންބަރުންނަށް އެ އިސްލާހު ނުހިނގާނެ ކަމަށް ކަނޑައަޅައިދޭން އެދުނެވެ. ނަމަވެސް، ސުޕްރީމް ކޯޓުން ނިންމާފައިވަނީ މިހާރު ހިނގަމުންދާ މަޖިލީހުގެ މެންބަރުން ވެސް ގާނޫނުއަސާސީއަށް ގެނައި ފްލޯ ކްރޮސިންގެ އިސްލާހު ހިނގާނެ ކަމަށެވެ. މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި އިންތިހާބުުވުމަށް ފަހު ޕީއެންސީއަށް ސޮއިކުރެއްވި މެންބަރުންނަކީ:ނައިފަރު ދާއިރާގެ މެންބަރު ޔާސީން އަބްދުﷲވިލިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުއްއަޒީޒުނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ރަޝީދުކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބްތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަލްސަން އަހުމަދުހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމްތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުމައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރުޕާޓީއަކުން އެ މެމްބަރަކު ކަނޑާލުމުން މަޖިލީހުގެ ގޮނޑި ގެއްލުން ހިމެނޭ ގޮތަށް މި ސަރުކާރުން ވަނީ ގާނޫނުއަސާސީ އިސްލާހުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ