ރުއްގަހަށް ކަނޑައަޅާފައިވާ އަގުތައް ސުޕްރީމް ކޯޓުން ބާތިލްކޮށްފި

ޝަރީއަތް ކުރުމާ ބެހޭގޮތުން ހެދިފައިވާ ގަވާއިދުގައި ރުއްގަހަށް ކަނޑައެޅިފައިވާ އަގުތަކަކީ އެކަށީގެންވާ އަގުތަކެއް ކަމަށް ނުވާތީ، އެ ގަވާއިދުގައި އަގުތައް ކަނޑައަޅާފައިވާ މާއްދާ ސުޕްރީމް ކޯޓުން ބާތިލް ކޮށްފި އެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސޮއިކުރައްވައި މިރޭ ނެރުނު ސާކިއުލާގައި ވަނީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ތަންތަނާއި ތަކެތި ޝަރުއީ އަގު ކުރުމަށާއި އެސެސްމަންޓުތައް ހަދާނީ ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި ކަނޑައަޅާފައިވާ ޝަރުއީ އަގު ކޮމެޓީން ކަމަށެވެ. އެ ޑިޕާޓުމަންޓުގައި ޝަރުއީ އަގު ކޮމެޓީއެއް ކަނޑައަޅާފައި ވަނީ ޝަރީއަތް ކުރުމާ ބެހޭގޮތުން ހެދިފައިވާ ގަވާއިދުގެ ދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ