ސިވިލް ސާވިސް މުވައްޒަފުންނެކޭ އެއް ފަދައިން ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ އަންހެން މުއައްޒަފުން ވިހެއުމުން ހަ މަސް ދުވަހުގެ ޗުއްޓީއެއް ދިނުމަށް ނިންމައިފިއެވެ.
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ ޝަރުއީ ދާއިރާގެ އަންހެން މުވައްޒަފުންނަށް ވިހެއުމާ ގުޅިގެން، ހަ މަަސް ދުވަހުގެ ޗުއްޓީއެއް ދިނުމަށް ނިންމައި، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ 144 ވަނަ މާއްދާ އާއި 145 ވަނަ މާއްދާ އިސްލާހު ކުރުމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ.
މިގޮތަށް ނިންމުމުން އަންހެން މުވައްޒަފުން ވިހެއުމާ ގުޅިގެން ހަ މަސްދުވަހުގެ ޗުއްޓީ އަދި ފިރިހެން މުވައްޒަފުންނަށް، އަނބިމީހާ ވިހެއުމާ ގުޅިގެން 30 ދުވަހުގެ ޗުއްޓީ ލިބޭ ގޮތަށެވެ.
ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް ވިހެއުމާގުޅިގެން ހަމަސްދުވަހުގެ ޗުއްޓީ ދިނުމަށް ނިންމަވައިފި pic.twitter.com/fHDn5nhPoM
— Maldives Judiciary (@judiciarymv) March 20, 2019
ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުން ވިހެއުމުން ލިބޭ ޗުއްޓީ ހަ މަސް ދުވަހަށް އިތުރުކުރިކަން މިދިޔަ ބުރާސްފަތި ދުވަހު އިއުލާނުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ސަރުކާރުގެ މި ނިންމުމަށް ކުންފުނިތަކުން ވެސް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.
އެގޮތުން އެސްޓީއޯ އާއި ފެނަކަ އާއި އެމްޕީއެލް އަދި އެއާޕޯޓްސް ކޮމްޕެނީން ވަނީ އެ އުސޫލަށް އަމަލުކުރަން ފަށައިފައެވެ.
ވިހެއުމާ ގުޅިގެން ދޭ ޗުއްޓީގެ ވައުދަކީ ރައީސް ސޯލިހުގެ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ޝަރުއީ ދާއިރާގެ މުއައްޒަފުންނަށް ވެސް ވިހެއުމުން ހަ މަހުގެ ޗުއްޓީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ