އައްޑޫ ސިޓީއަށް ކުރިމަތިވެފައިވާ ކަރަންޓްގެ މައްސަލަ ހައްލު ކުރަން ތިން ހަފްތާ ވަރު ނަގާނެ ކަމަށާއި، އެ މައްސަލަ ހައްލު ކުރެވެންދެން އެކި ހިސާބުތަކުން ކަރަންޓް ކަނޑަމުން ގެންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
އެ ކުންފުނިން މިއަދު އައްޑޫގެ ބައެއް ގެތަކަށް ފޮނުވި ލިޔުމުގައި ބުނެފައި ވަނީ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށަށް ކަރަންޓު ދިނުމަށް ބޭނުންކުރަމުން އަންނަ ދެ މެގަ ވޯޓްގެ އިންޖީނަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މިއަދުން ފެށިގެން އެ މައްސަލަ ހައްލުކުރެވެންދެން އައްޑޫގެ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަމުން ގެންދާނެ ކަމަށެެވެ.
އަދި އެ މައްސަލަ ހައްލު ކުރެވެންދެން ކަރަންޓު ކަނޑާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން ރޭގަނޑު 22:00 އާއި ހަމައަށް ކަމަށެވެ. އަދި ކަރަންޓު ކަނޑާނީ އެއް ގަޑިއިރަށް ކަމަށްވެސް ފެނަކަ އިން ބުނެފައިވެއެވެ.
ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި އޮންނަ ވަގުތު ތަކުގައި ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށްވެސް ފެނަކަ އިން ބުންޏެވެ.
ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލު ކުރެވެންދެން އައްޑޫގެ އެކި ހިސާބުތަކުން ކަރަންޓު ކަނޑަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ