ގައިދީންނަކީ ރިޖެކްޓް ކަންނެލި ތަކެއް: މެމްބަރު އަލީ ހުސެއިން

ޖަލު ގައިދީންނަކީ ރިޖެކްޓް ކަންނެއްލިތަކެއް ކަމަށް ޖުމުހޫރީ ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ ކެންދޫ ދާއިރާގެ މެންބަރު އަލި ހުސައިން ވިދާޅުވެއްޖެއެވެ.މާފުށީ ޖަލުގައި ތިބި ގައިންދީނަށް މިދިޔަ ބުރާސްފަތި ދުވަހު އަނިޔާއާ ކުރިކަމުގެ އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައި މެމްބަރު އަލީ ހުސެއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމުގެ ދަލުގައި ތާށިވެފައި ތިބެނީ ހުސް ރިޖެކްޓް ކަންނެއްލި ކަމަށް ޖަލު ބަލަހައްޓާ މީހުން ދެކޭހާ ދުވަހަކު އަނިޔާ ކުރުން ނުހުޓުވޭނެ ކަމަށެވެ. މާފުށީ ޖަލުގައި ހިނގަމުންދާ ކަންކަމާއި ގުޅިގެން ހަޤީޤަތް އޮޅުވާލާފައިވާކަން ދޭހަވާ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ދައުރު ވަމުންދާއިރު، ކަރެކްޝަންސް އިން ބައެއް ކަންކަން ސިއްރު ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ. މިކަމާއި ގުޅިގެން ކަރެކްޝަނަލް ސާވިސް އަށާއި ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވަމުންދާއިރު މާފުށި ޖަލުގައި ހިންގި ހަމަނުޖެހުމުގެ ތެރޭގައި ޖަލުގެ އޮފިސަރަކަށް ހަމަލާ ދިނުމުން ބައެއް ގައިންދީންގެ ކުރިމަތި ފަރާތަށާއި، ފުރަގަސް ފަރާތަށް ޖަލުގެ އޮފިސަރުން ވަނީ ޕެޕާ ސްޕްރޭ ޖަހާފައިވާ ކަމަށް މައުލޫމާތުތަކެއްވެސް ވަނީ ލިބިފައިވެއެވެ. މީގެ އިތުރުން ބައެއް ގައިދީން ގޮޅިތަކުން ނެރެ ދެގަޑިއިރު ވަންދެން އެމީހުންގެ ގައިގައި ތަޅައި އަނިޔާކޮށްފައިވާ ކަމަށާއި، އޭގެތެރެއިން ބައެއް މީހުންގެ ބޯބާލާފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ. މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ހިނގާދިޔަ ހަމަނުޖެހުމާ ގުޅިގެން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް މުއައްސަސާތަކުގެ އިސްވެރިން ހާޒިރުކުރަން އެ ކޮމިޓީއިން ވަނީ ނިއްމާފައެވެ. އެގޮތުން ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވީ އެ ބައްދަލުވުމުގައި ނިންމާފައިވަނީ ކޮމިޝަނާ އޮފް ޕްރިޒަންސް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސްވެރިން، ހޯމް މިނިސްޓްރީގެ އިސްވެރިން، އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ އިސްވެރިން ހާޒިރުކުރުމަށް ކަމަށެވެ. މިއީ ފަހުގެ ތާރީޚެއްގައިވެސް ޖަލުގައި މިފަދަ ބޮޑު ހަމަނުޖެހުމެއް ހިނގައިދިޔަ ފުރަތަމަ ފަހަރުކަމަށް އާންމު ގިނަ ރައްޔިތުން އަންނަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ