އަޑުއެހުމުގައި ޖޭއެސްސީން ކުރި ސުވާލުތަކަށް ފަނޑިޔާރު އަބްދުﷲ ދީދީ ލިޔުމުން ޖަވާބު ހުށަހަޅުއްވައިފި

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރިއަށްގެންދިޔަ ސުލޫކީ މައްސަލައިގެ އަޑުއެހުމުގައި އެ ކޮމިޝަނުން ކުރި ސުވާލުތަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ، ލިޔުމުން ޖަވާބު ހުށަހަޅުއްވައިފިއެވެ.
ޖޭއެސްސީން ކުރި ޓުވީޓެއްގައި ބުނީ ފަނޑިޔާރު އަބްދުﷲ ދީދީ ލިޔުމުން މިއަދު އެ ކޮމިޝަނަށް ޖަވާބު ހުށަހަޅުއްވާފައިވާ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ދަރުބާރުގޭގައި ބޭއްވި އަޑުއެހުން ނިންމަވާލައްވަމުން ޖޭއެސްސީގެ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓެވި ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީ ވިދާޅުވީ ކޮމިޓީން ފަނޑިޔާރާ ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވި ކަމަށް ޖަވާބު ދެއްވި ކަމަށް ބައްލަވާ ކަމަށާއި އިތުރު ކަންތައްތަކެއް ފާހަގަކުރައްވަން ބޭނުންފުޅު ނަމަ، އަޑުއެހުމުގައި ކުރިއަށްދިޔަ ކަންތައްތަކަށް ޖަވާބު ދެއްވުމަށް އިތުރު ފުރުސަތު ދެއްވާ ކަމަށެވެ.
އެގޮތުން ލިޔުމުން ޖަވާބު ދެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީއަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް ޖޭއެސްސީން އެ ދުވަހު ނިންމިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ