ކައިލީ އާމްދަނީ ހޯދާ ގޮތާއި ގުޅޭގޮތުން ހެލްތް މިނިސްޓްރީން ޓްވީޓް ކުރެވުނީ އޮޅިގެން

ދުނިޔޭގައި މިވަގުތު ހުރި އެންމެ ޒުވާން ބިލިއަނަރު ކައިލީ ޖެނާ އާމްދަނީ ހޯދާ ގޮތާއި ބެހޭ ގޮތުން ރާއްޖޭގެ ހެލްތު މިނިސްޓްރީން ކުރި ޓްވީޓަކީ އޮޅިގެން ކުރެވުނު ޓްވީޓެއްކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
"ގާޑިއަން" ނޫހުން ކައިލީގެ އުފަން ދުވަސް ޔޮޓެއްގައި ފާހަގަ ކުރަން އެއް މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށް ބުނެ ގެނެސްދިން ޚަބަރަކާއި ގުޅިގެން ރާއްޖޭގެ ހެލްތު މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ކައިލީ އާއި ކާޑޭޝިއަންސް އިން އާމްދަނީ ހޯދަނީ މީސް މީޑިއާގައި މާކެޓް ކޮށްގެންނާއި ރިއަލިޓީ ޝޯތަކުން ކަމަށެވެ. މިއީ މިޖީލުގެ މީހުންގެ ވިސްނުމަށް އަސަރު ކުރާނެ ކަމެއްކަމަށް ވެސް ރާއްޖޭގެ ހެލްތު މިނިސްޓްރީގެ ޓްވީޓްގައި ވެއެވެ.
މި ޓްވީޓް ކުރުމަށްފަހު ފަހުން ވަނީ ޓްވީޓް ޑިލިޓްކޮށްފައެވެ. އަދި އެކަމާއި މައާފައަށް އެދި ފަހުން ކުރި ޓްވީޓުގައި ވިދާޅުވީ، "ގާޑިއަން" ނޫހުން ގެނެސްދިން ހަބަރާއި ގުޅޭގޮތުން ހެލްތް މިނިސްޓްރީން ޓްވީޓް ކުރެވުނީ އޮޅިގެން ކަމަށެވެ.
ރާއްޖޭގެ ހެލްތު މިނިސްޓްރީގެ ޓްވިޓާ އެކައުންޓަކީ ވެރިފައި ވެސް ކޮށްފައިވާ ޓްވިޓާ އެކައުންޓެކެވެ. އެ ޓްވީޓާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުންތައް މިނިސްޓްެރީއަށް އަންނަނީ ލިބެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ