ސަރުކާރު ޖަވާބުދާރީ ކުރުމަށް މަޖިލީހުގެ މައިނޯރިޓީ ގެ އަޑު ވަރަށް މުހިއްމު – ވިލުފުށީ ދާއިރާގެ މެމްބަރު

ސަރުކާރު ޖަވާބުދާރީ ކުރުމަށް މަޖިލީހުގެ މައިނޯރިޓީ ގެ އަޑު ވަރަށް މުހިއްމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވެއްޖެ އެވެ. ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި މިރޭ އަފީފް ވިދާޅުވީ އަންނަ މަޖިލީހުގައި ސަރުކާރު ކޯލިޝަނުގައި ހިމެނޭ މައި ޕާޓީއަށް 65 ގޮނޑިއާއެކު ތަނަވަސް އަގުލަބިއްޔަތެއް ލިބިފައިވާއިރު، ސަރުކާރު ޖަވާބުދާރީ ކުރުމަށާއި، ސަރުކާރުން ކުރާ ކަންކަމަށް ފާޑުކިއަން މަޖިލީހުގެ މައިނޯރިޓީގެ އަޑު ވަރަށް މުހިންމު ކަމަށެވެ.
މަޖިލީހުގެ ރައީސްކަމަށް އެމްޑީޕީގެ ފަރާތުން ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ފަސް ބޭފުޅުންގެ ތެރޭގައިވެސް ހިމެނިވަޑައިގަންނަވާ އަފީފް ވިދާޅުވީ، މަޖިލީހުގެ ހިންގާ ގަވައިދު އިސްލާހުކޮށްގެން ނަމަވެސް، އިދިކޮޅު މެމްބަރުންނަށާއި މިނިވަން މެމްބަރުންނަށް ބަހުސް މަރުހަލާގައި ލިބޭ ވަގުތު އިތުރުކުރަންޖެހޭ ކަމަށެވެ.
އަފީފް ވިދާޅުވީ މެމްބަރުން ކުރަtނީ ވަކި ސަރުކާރެއް ނޫނީ ޕާޓީއެއްގެ މަސައްކަތެއް ނޫން ކަމަށާއި ކުރަނީ ރައްޔިތުންގެ މަސައްކަތް ކަމަށެވެ. އަފީފް ވަނީ ހުރިހާ މެމްބަރުންވެސް ޒިންމާދާރުކަމާއެކު އެ މީހުންގެ މަސްއޫލިއްޔަތުތައް އަދާކުރަށްވަން ޖެހޭކަމަށް ވިދާޅުވެފަ އެވެ.
19 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީއިން ވަނީ ފަސް ގޮނޑި ކާމިޔާބުކޮށްފަ އެވެ. މަޖިލީހުގެ ސުޕަމެޖޯރިޓީ ނަގާފައިވަނީ އެމްޑީޕީއިންނެވެ. އެމްޑީޕީ އިން ވަނީ މަޖިލިސް އިންތިހާބުގައި 65 ގޮނޑި ކާމިޔާބުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ