ރައީސް ޔާމީން ހުންނެވީ ސާބިތުމަކާ އެކު: ވަކީލު

ކުރީގެ ރައީސް އަބްދުﷲ ޔަމީނު ޖަލުގައި ހުންނެވީ ސާބިތުކަމާ އެކުގައި ކަމަށާއި، އެގޮތުގައި ސަޕޯޓަރުން ވެސް ތިއްބެވުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށް ބުނެފި އެވެ.
ރައީސް ޔާމީން އެހެން ވިދާޅުވީ، ޖަލުގައި އެމަނިކުފާނުގެ ވަކީލާ އެކު މިއަދު ބޭއްވި ފުރަތަމަ ބައްދަލުވުމަށް ފަހު ވަކީލު އަބްދުﷲ ޝިޔާޒް މެދުވެރިކޮށް ދެއްވި މެސެޖެއްގަ އެވެ.
އިއްޔެ ކްރިމިނަލް ކޯޓުގައި ފެށި މަނީ ލޯންޑަރިން މައްސަލާގައި، ޝަރީއަތް ނިމެންދެން ރައީސް ޔާމީން ހައްޔަރު ކުރަން އަމުރު ކުރުމާ ގުޅިގެން އެ މަނިކުފާނު މިހާރު ހުންނެވީ މާފުށީ ޖަލުގެ "ސްޕެޝަލް ޕްރޮޓެކްޝަން" ޔުނިޓުގަ އެވެ.
އެނގިފައިވާ ގޮތުގައި ރައީސް ޔާމީން ހުންނެވި ސްޕެޝަލް ޕްރޮޓެކްޝަން ގޮޅިއަކީ އެމަނިކުފާނުގެ ވެރިކަމުގައި އެއްބަފާ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޖަލުގައި ހުންނެވި އިރު ބަހައްޓާފައި ހުންނެވި ގޮޅި އެވެ.
ރައީސް ޔާމީން ޖަލަށް ލާފައިވަނީ އެމްއެމްޕީއާރުސީގެ 1.3 ބިލިޔަން ރުފިޔާގެ ކޮރަޕްޝަނުގެ ފައިސާގެ ތެރެއިން އެމަނިކުފަނުގެ އެކައުންޓަށް އެއް މިލިޔަން ޑޮލަރު ޖަމާކުރުމުން އެ ފައިސާ އިން މަންފާ ހޯދާ، ލޯންޑާ ކުރެއްވި ކަމަސް ބުނެ ކުރާ ދައުވާގެ ޝަރީއަތް ނިމެންދެން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ