ރަމަޟާންމަހު ޣައްޒާގެ ރައްޔިތުން ތަހައްމަލްކުރަމުންދާ ނިކަމެތި ހާލު: ފޮޓޯއިން

މި ރަމަޟާން މަސް ޣައްޒާގެ ރައްޔިތުން ފެށީ ބިރުވެރިކަމާއި، ނާމާންކަމާއި ހިތްދަތިކަމުގެ ތެރޭގައި. ރަމަޟާންމަސް ފެށުމުގެ ތިންދުވަސް ކުރިން ފެށިގެން ރޯދަމަހުގެ ފުރަތަމަ ދުވަހާ ހަމައަށް އިސްރާއީލުގެ އުދުވާނީ ސިފައިން އެއްގަމާއި، ވަޔާއި ކަނޑުގެމަގުން ޣައްޒާގެ އެތަންމިތަނަށް ދިން ވަރުގަދަ ހަމަލާތަކުގައި އެތައްބަޔަކު ޝަހީދުވެ، އެތައްބަޔަކު ޒަޚަމްވެ، އެތައް ގެދޮރެއް ބިމާ ހަމަކޮށްލި. އަދި ރަމަޟާންމަހަށް ޣައްޒާ ރައްޔިތުން އެމީހުން ތިބި ނިކަމެތި ހާލާއެކުވެސް ވެފައިވާ ހުރިހާ ތައްޔާރީތައް އިސްރާއީލުން ފުނޑުފުނޑުކޮށްލި.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ