މިއަދު ހެނދުނު 8:00 ގައި ފެށިގެން ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށްދާ ރައްޔިތުންގެ ތެރެއިން ދެ އަހަރުން ދަށުގެ ކުޑަކުދިން ގޮވައިގެން ވޯޓުލުމަށްދާ އެކުދިންގެ ބެލެނިވެރިޔާ ކިޔޫގައި ނުޖެހި ވޯޓު ލުމުގެ ފުރުސަތު ދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިގޮތަށް ހަމަ ޖައްސާފައިވަނީ ގިނަ އިރު ކުޑަ ކުދީންގެ ބެލެނިވެރިން ކިޔޫގައި ޖެހެން ޖެހުމުން ބެލެނިވެރިންގެ އިތުރުން ކުދިންނަށް ވެސް ބޮޑު ތަކުލީފެއް އުފުލަން ޖެހޭތީއެވެ.
އީސީ ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ވޯޓުލުން ކުރިއަށް ދަނީ ވަރަށް އޮމާންކޮށް ކަމަށާއި ޖުމުލަ ގޮތެއްގައި ވޯޓުލުން ލަހެއް އަދި އަވަހެއް ވެސް ނޫން ކަމަށެވެ. އެހެން ނަމަވެސް ބައެއް ފޮށިތައް ލަސްވާތީ އަވަސްކޮށްދިނުމަށް އޮފިޝަލުންނަށް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދެ އަހަރު ނުވާ ކުޑަކުދީންގެ ބެލެނިވެރިން ކިޔޫގައި ޖެހޭކަށް ނުޖެހޭނެ: އީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ