ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރަން ކޯލިޝަން ކެންޑިޑޭޓް މާޖިދު ލަންކާއަށް

އަވައްޓެރި ސްރީލަންކާގެ ކޮލަމްބޯގައި ދިރިއުޅެމުންދާ ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ރައީސް މައުމޫންގެ ތާއިދާއެކު މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ އިސްމާއީލް މާޖިދު މިއަދު އެ ގައުމަށް ފުރާވަޑައިގެންފިއެވެ.
އަމާނަތްތެރިކަމާއެކު އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނަގަހައްޓާ ދަމަހައްޓަން ތައްޔާރަށް ހުރި މާޖިދު ވިދާޅުވީ، އޭނާ ކޮލަމްބޯއަށް ކުރާ ދަތުރުގައި، ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނާއި ބައްދަލު ކުރާނެ ކަމަށެވެ.
"ކޮޅުނބުގެ ތިބި ދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް މި ފުރާވަޑައިގަންނަވަނީ. އަދި އެ މީހުންގެ ކަންބޮޑުވުންތަކާއި އެއްޗެހި އަހާނަން". މާޖިދު ވިދާޅުވިއެވެ.
މާޖިދު ވިދާޅުވީ، އޭނާ ކުރާ މި ދަތުރަކީ ތިން ދުވަހުގެ ދަތުރެއް ކަމަށެވެ. އަދި އެނބުރި ރާއްޖެ އައިސް ދާއިރާއަށް ނިސްބަތްވާ ރައްޔިތުންގެ ގާތަށް ދާނެ ކަމަށްވެސް މާޖިދު ވިދާޅުވިއެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަން އަހާ ހޯދާއި، އެ ކަންކަން މަޖިލީސް ތެރޭގައި އިއްވައި، އެ ކަންކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަންވެސް މާޖިދު ވިދާޅުވިއެވެ.
މާޖިދު ރައީސް މައުމޫންގެ ފުރިހަމަ ތާއިދު އޮތް ބޭފުޅެކެވެ. އޭނާގެ ވިސްނުން ހުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދަމަހައްޓަން މަސައްކަތް ކުރުމެވެ. އަދި އެޖެންޑާ 19ގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމަށް މަޖިލީހުގެ ތެރޭގައި މަސައްކަތް ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ