ހޯރަފުށީގައި ކަރަންޓު ފޮއްޓެއްގައި ރޯވެ ބައެއް ގެތަކުން ކަރަންޓު ކެނޑިއްޖެ

ހއ. ހޯރަފުށީ ސްކޫލު ކައިރީގައި ހުރި ކަރަންޓު ޑިސްޓްރިބިއުޝަން ފޮއްޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބައެއް ގެތަކުން ކަރަންޓު ކެނޑިއްޖެ އެވެ.
ފުލުހުން ބުނީ، މިއަދު 9:24 ހާއިރު އެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައި ވާތީ އެރަށުގައި މަސައްކަތްކުރާ ފުލުހުން ގޮސް އަލިފާން މިހާރު ނިއްވާލާފައިވާ ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ.
ހޯރަފުށީ އިންޖީނުގެ ހިންގަމުން އަންނަ ފެނަކައާ ހަވާލާދީ ފުލުހުން ބުނީ ޑިސްޓްރިބިއުޝަން ފޮއްޓެއްގައި އަލިފާން ރޯވީ ކަރަންޓު ސްޕާކެއް ވެގެން ކަމަށެވެ.
އެރަށު ކައުންސިލުގެ މެމްބަރު އަހުމަދު އިމްދާހް ސީއެންއެމް އަށް ވިދާޅުވީ، ކަރަންޓު ފޮއްޓެއްގައި ރޯވުމުގެ ސަބަބުން ރަށުގެ 50 ހަކަށް ގެއިން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
އެކަމަކު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރެވެމުންދާ ކަމަށާއި ގާތްގަނޑަކަށް ގަޑިއިރެއްހާ އިރުގެ ތެރޭގައި އަލުން ކަރަންޓު ދެވޭ ވަރުވާނެ ކަމަށް އިމްދާހް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ