އިއްޔެ ދޫނިދޫ ޖަލަށް ބަދަލުކުރި ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް މިއަދު އަނެއްކާ އަނބުރާ މާފުށީ ޖަލަށް ބަދަލުކޮށްފިއެވެ.
ރައީސް މައުމޫނު މިއަދު މާފުށީ ޖަލަށް ބަދަލު ކުރި ނަމަވެސް އެކަމާޢި ގުޅޭގޮތުން ކަރެކްޝަނަލް ސާރވިސްއިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.
އިއްޔެ ކަރެކްޝަނަލް ސާރވިސްއިން ބުނީ ރައީސް މައުމޫނު ދޫނިދޫ ޖަލަށް ބަދަލުކޮށްފައިވަނީ ހާއްސަ ހާލަތުގެ ދަށުން ކަމުގައެވެ. ނަމަވެސް އެ ސާރވިސްއިން ސަބަބެއް ސާފުކޮށް ނުދެއެވެ.
ރައީސް މައުމޫނުގެ އާލާސްކަންފުޅު ބޮޑުވެ މިދިޔަ އީދު ދުވަހުން ފެށިގެން ގެންދަނީ ފަރުވާދެމުންނެވެ. އަދި ރައީސް މައުމޫނަށް ފަރުވާ ދިނުމަށް ޖަލަށް މާލެއިން ޑޮކްޓަރުންވެސް ގެންގޮސްފައި ވެއެވެ.
ރައީސް މައުމޫނު އަނެއްކާ މާފުށީ ޖަލަށް ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ