ޖޭޕީގެ ލީޑަރު ގާސިމް އީދުގެ ތަހުނިޔާ ހުރިހާ ދިވެހިންނަށް ފޮނުއްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބަރާކަތްތެރި އަޟުހާ އީދުގެ ތަހުނިޔާ ދިވެހި އެންމެހާ ރައްޔިތުންނަށް ފޮނުއްވައިފި އެވެ.
އެމަނިކުފާނުގެ ތަހުނިޔާގެ މެސެޖު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޖޭޕީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަރަކާތްތެރި އަޟުހާ އީދުގެ ތަހުނިޔާ މުސްލިމް އެންމެހާ އަޚުންނާ އުޚުތުން އަދި ޖޭޕީގެ މެމްބަރުންނަށް ގާސިމް އިބްރާހިމް އަރިސްކުރައްވާ ކަމަށެވެ.
އީދުގެ މިއުފަލުގައި ވިލާ ގުރޫޕުގެ އެންމެހާ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކާއި ޖުމްހޫރީ ޕާޓީގެ އެންމެހާ މެންބަރުންނާއި މެންބަރުންގެ އާއިލާތައް ޝާމިލްކޮށް ހެޔޮއެދުންތައް ފޮނުއްވާ ކަމަށްވެސް މި މެސެޖުގައި ވިދާޅުވެފައިވެއެވެ.
އަދި އެމަނިކުފާނުގެ ދުޢާއަކީ ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް އެކި ސިފަސިފައިގަ ލިބެމުންދާ އަނިޔާއިން ސަލާމަތް ކޮށްދެއްވުން ކަމަށް އަލީ ސޯލިހު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ