ރައްޔިތުން ބޭނުން ވަނީ ތަރައްގީ އެއް ނޫންކަމަށާއި ރައްޔިތުން ބޭނުންވަނީ އަދުލު އިންސާފު ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން މިރޭ ލ.ގަމުގައި ބާއްވަމުންދާ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ލ.ގަމުން ރައީސް ޔާމީން އަށް ލިބޭނެ ވޯޓަށް ވުރެން ގިނަ މާފަތި މިއަދު އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ކަރުގައި އެޅުވިގެން ދިޔަ ކަމަށަވެ.
"ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެންގެ މި ވޯޓަށް އަޅުގަނޑުމެން ހިޔާނަތްތެރިވެގެން ނުވާނެ, މި ވޯޓަކީ އަޅުގަނޑުމެންގެ އެތަށް އަހަރެއްގެ މުސްތަގު ބަލް. މި ވޯޓަށް އަޅުގަނޑުމެން ހިޔާނަތްތެރިވެގެން ނުވާނެ" އަލީ ޒާހިރު ވިދާޅުވިއެވެ.
އަލީ ޒާހިރު ވިދާޅުވީ އިދިކޮޅު ފަރާތްތަކެއްގެ ސަރުކާރެއްގައި ހުރިހާ ބޭފުޅުންނަށް ވެސް ހައްގުވާ މިންވަރު ހޯދައިދޭނެކަމަށާއި އަނިޔާވެރިކަން ނައްތާލުމަށްފަހު ތަރައްގީ ގެންނާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ އަޅުގަނޑުމެންގެ ކެންޑިޑޭޓް އަކީ ދޫކޮއްލެވޭނެ ކެންޑިޑޭޓް އެއް ނޫން ކަމަށެވެ. އަލީ ޒާހިރު ވިދާޅުވީ މި ގައުމުގައި އަދުލު އިންސާފު ގާއިމު ކޮއްދެއްވާނީ އިބްރާހިމު މުހައްމަދު ސޯލިހު ކަމަަށެވެ.
"އިންތިހާބާއި ދިމާކޮށް އަޅުގަނޑުމެންގެ ހިތްތަކާއި ސިކުނޑިތަކާއި ކުޅެލުމަށް އަޅުގަނޑުމެންގެ ވާދަވެރިން މިދަނީ މަސައްކަތް ކުރަމުން. ހުރިހާ އެންމެންނަކީ ހުރިހާ ކަމެއް ފުރިހަމަވެ ފުދިންގެން ތިބި ބައެއް ނޫން, އަޅުގަނޑުމެން މަސައްކަތް މި ކުރަނީ އަޅުގަނޑުމެންގެ ރައްޔިތުންނަަށް ދިމާވެފައިވާ ދަތިތަކާއި އުނދަގޫތަށް ހައްލު ކުރުމަށް" އަލީ ޒާހިރު ވިދާޅުވިއެވެ.
އިންސާފް ޤާއިމްކޮށް އަނިޔާވެރިކަން ހުއްޓުވާނީ ފިނިކޮޓަރީގައި ތިބެގެން ނޫން ކަމަށް ވިދާޅުވެ ޢަލީ ޒާހިރު ވިދާޅުވީ ކުށްވެރިއަކަށް ފުރުސަތު ނުދޭނެ ކަމަށެވެ.
"ރައީސް ޔާމީން ކުރިއަށް އޮތް ފަސް އަހަރު ދުވަހު ރާއްޖޭގައި ވެރިކަން ކޮށްފިކަމުގައި ވާނަމަ މުޅި ގައުމު ނުދެކޭ ވަރުގެ އަނިޔާ ވެރިކަން ފެންނާނެ" އަލީ ޒާހިރު ވިދާޅުވިއެވެ.
ރައްޔިތުން ބޭނުން ވަނީ ތަރައްގީ އެއް ނޫން، ބޭނުމީ އިންސާފު - އަލީ ޒާހިރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ