ވަކިގޮތެއް ކަނޑައަޅަންދެން ގދ. ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް ނެގުން މަޑު ޖައްސާލުމަށް ސިވިލް ކޯޓުން އަމުރު ކޮށްފި އެވެ.
ސިވިލް ކޯޓުން މި އަމުރު ނެރުނީ ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް ނަގަނީ ވިލާ އެއާ އާއި އެ އެއާޕޯޓު ހިންގަން ހަވާލު ކުރި އެއްބަސްވުމާއި ހިލާފަށްކަމަށް ބުނެ ވިލާ އެއާއިން ހުށަހެޅި މައްސަލައިގަ މިއަދު ބޭއްވި އަޑުއެހުމުގައި އެވެ.
އެ އަމުރުގައި ބުނެފައި ވަނީ އެއްބަސްވުން ބާތިލްކުރި ގޮތާއި މެދު ޝަރީއަތުން ގޮތެއް ކަނޑައެޅުމުގެ ކުރިން އެއްބަސްވުން ބާތިލުކޮށް އަޅާ ފިޔަވަޅެއްގެ ސަބަބުން އިއާދސައްހަ ކަމަށް ޝަރީއަތުން ކަނޑައެޅުމުގެ ކުރީގައި އެއްބަސްވުން ބާތިލުވާ ކަމަށް ބެލެވިގެން އަޅާ ފިޔަވަޅަކުން ނުކުންނަ ނަތީޖާއެއްގެ ސަބަބުން އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް އެ ކުންފުންޏަށް ވެދާނެ ކަމަށެވެ. އެފަދަ ގެއްލުމެއް ވުން ހުއްޓުވުމަށް ޝަރީއަތުން ވަގުތީގޮތެއްގައި ފިޔަވަޅު އަޅައި ވަގުތީ އަމުރު ނެރުމަކީ ޝަރީއަތުންް ކުރަމުން އަންނަ ކަމެއް ކަމަށެވެ.
އެހެން ކަމުން އެ މައްސަލަ ވަކިގޮތަކަށް ނިމެންދެން އެއްބަސްވުން ބާތިލްކުރުމަށް މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން ވިލާ އެއާއަށް ފޮނުވި ސިޓީ އަށް އަމަލުކުރުން ފަސްކުރުމަށް ސިޓީ އަށް އަމަލުކުރަންޖެހޭ ފަރާތްތަކާއި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ދިވެހި ސަރުކާރަށް އަންގައި ސިވިލް ކޯޓުން ވަނީ އަމުރުކޮށްފައވެ.
ސަރުކާރުން ކާޑެއްދޫ އެއާޕޯޓު ވިލާ އެއާ އަތުން އަތުލަން ނިންމީ ގަވައިދާ އެއްގޮތަށް ނުުހިންގާތީ ކަމަށް ބުނެ އެވެ. އެ ކުންފުންޏާއި ކާޑެއްދޫ އެއާޕޯޓު ހިންގަން ހަވާލު ކުރީ 2013 ނޮވެމްބަރު ހައެއްގައި އެވެ.
ވަކިގޮތެއް ކަނޑައަޅަންދެން ކާޑެއްދޫ އެއާޕޯޓު ނެގުން މަޑުޖެއްސުމަށް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ