ދެވަނަ ބުރުގެ ގަދަ ފަހެއްގައި ވެސް އުމެއިރު، ދަގަނޑޭ، ނިޔާޒް، އިމްރާން އަދި އަލީ އުމަރު

ހަވީރު ސްޕޯޓްސް އެވޯޑްސްގައި ހިމެނޭ އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިއާ އާއި 21 އަހަރުން ދަށުގެ މޮޅު ކުޅުންތެރިއާ އާއި އެންމެ މޮޅު ކޯޗު އަދި އެންމެ މޮޅު ރެފްރީގެ މަގާމަށް ދިރާގު ދިވެހި ލީގުގެ ދެ ވަނަ ބުރުން ވާދަކުރާ ކުޅުންތެރިންނާއި ކޯޗުން އަދި ރެފްރީން ހަވީރުގެ ފަނޑިޔާރުންގެ ޕެނަލް އިން ރޭ ކަނޑަޅައިފި އެވެ.
މޮޅު ކުޅުންތެރިއާގެ މަގާމަށް ދެ ވަނަ ބުރުން ވާދަކުރަނީ ފުރަތަމަ ބުރުގެ ގަދަ ފަހެއްގައި ވެސް ހިމެނުނު ނިއު ރޭޑިއަންޓުގެ ފަސް ކުޅުންތެރިން ކަމަށްވާ އަލީ އަޝްފާގް (ދަގަނޑޭ) އާއި އަހުމަދު ނިޔާޒް (ނިޔާ) އާއި މުހައްމަދު އުމެއިރާއި އިމްރާން މުހައްމަދު އަދި އަލީ އުމަރެވެ.
ހަވީރުން ހޮވާ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމަށް ވާދަކުރަނީ ކްލަބް އީގަލްސްގެ އަހުމަދު ނޫމާން އާއި ވެލެންސިއާގެ މުޖްތާޒް މުހައްމަދާއި އަބްދުލްވާހިދު (ވާޑު) އާއި ވިކްޓަރީގެ ހުސެއިން ނިހާން އަދި ނިއުގެ މޫސާ ޔާމީން އެވެ.
އެންމެ މޮޅު ކޯޗުގެ މަގާމަށް ލީގުގެ ދެ ވަނަ ބުރުން ވާދަކުރަނީ ނިއުގެ ބަލްގޭރިއާ ކޯޗު ވެލިޒާ ޕޮޕޯފް އާއި މާޒިޔާގެ އިސްމާއިލް މަހަފޫޒް (އިންމަ) އާއި ބީޖީ ސްޕޯޓްސްގެ އިޓަލީ ކޯޗު ފަބިއޯ ލޮޕޭޒް އާއި ވެލެންސިއާގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އަދި އޭވައިއެލްގެ ކޯޗު އަހުމަދު ނާޝިދު (ނާދު) އެވެ.
އެންމެ މޮޅު ރެފްރީގެ މަގާމަށް ވާދަކުރަނީ މިދިޔަ އަހަރު މި މަގާމް ހޯދި އަހުމަދު އަސްލަމް އަހުމަދު އަމީޒާއި ޝިފާން އަބްދުއްރަހީމާއި ޒައީމް އަލީ އަދި ބާސިލް ނަފީސެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ