ފުލުހުންގެ އިންޓަލިޖަންސްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވަޒީފާއިން ވަކިކޮށްފައިވާތީ އެމްސީ ހަމީދު ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް ދިނުމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް އާންމު ފަރާތްތަކާ ހިއްސާކުރިކަމުގެ ތުހުމަތުގައި ފުލުހުންގެ ވަޒީފާއިން ވަކިކުރި އެމްސީ ހަމީދު މީގެކުރިން ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެނެސްފައިވެ އެވެ.
ސިވިލް ކޯޓުން މިގޮތަށް ހުކުމްކޮށްފައިވަނީ ފުލުހުންގެ ވަޒީފާއިން ހަމީދު ވަކިކުރުމާ ގުޅިގެން ގެއްލުނު ވަޒީފާ ހޯދުމަށާއި، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ހަމީދުގެ ފަރާތްޕުޅުން ސިވިލް ކޯޓަށް ހުށައެޅި މައްސަލައިގައި އެވެ.
ކޯޓުގެ ހުކުމްގައި ބުނެފައިވަނީ ހަމީދު ވަޒީފާއިން ވަކިކުރުމަށް ފުލުހުން ކޮށްފައިވާ ތުހުމަތުތަކަކީ ހަގީގަތެއްކަން ކޯޓަށް ސާބިތު ނުވާ ކަމަށާއި، އެހެންކަމުން ހަމީދު ވަޒީފާއިން ވަކިކުރި ދުވަސް ކަމުގައިވާ 07 އޮގަސްޓް 2012 އިން ފެށިގެން އަލީ ހަމީދު ވަޒީފާ އިން ވަކިވެވަފައިވާ ކަމަށް ނުބެލުމަށާއި މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި އޭނާ އަށް ވަޒީފާ ދިނުމަށެވެ.
އަދި ވަޒީފާ އިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަލުން ދިނުމާ ހަމައަށް ހަމީދަށް ލިބެން ޖެހޭ މުސާރައާއި އިނާޔަތްތައް މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އޭނާ އަށް ދިނުމަށް ވެސް ހުކުމުގައިވެ އެވެ.
އެމްސީ ހަމީދަށް ކުރިން ފެންވަރުގެ ވަޒީފާއެއްދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ