ޖުމްހޫރީ މައިދާނަކީ ދިވެހި ރައްޔިތުން ފަޚުރުވެރިވާނެ ތަނެއް: މުއިއްޒު

ޖުމްހޫރީ މައިދާނަކީ ރާއްޖޭގެ ހުރިހާ ރައްޔިތުން ފަޚުރުވެރިވާނެ ތަނެއް ކަމަށް މިނިސްޓާ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ޖުމުހޫރީ މައިދާނަށް ބޮޑެތި ބަދަލުތައް ގެނައުމަށް ފަހު އެ މައިދާން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައިި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މިއީ ވަރަށް ތާރީޚީ ހަފްލާއެއް ކަަމަށެވެ. " މޮޑަން ވިސްނުމުގައި ހިތްްހަމަޖެހޭ ތަނަކަށް މިތަން ހެދުމަކީ" ސަަރުކާރުގެ އަމާޒް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެމްޓީސީސީން ހަދާފައިވާ ފަންވާރަކީ އެ ކުންފުނިން ރައްޔިތުންނަށް ދިން 'ހަދިޔާ' އެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެއީ އެމްޓީސީސީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޯންސިބިލިޓީ (ސީއެސްއާރު) ގެ ދަށުން އެ ކުންފުނިން ހަދާދިން ފެންވާރެއް ކަަމަށް މުއުއްޒު ވިދާޅުވިއެވެ. އަދި ޖުމުހޫރީ މައިދާނުގައި އެހެން މަސައްކަތްތައް ވެސް ސީއެސްއާރުގެ ދަށުން ބައެއް ކުންފުނިތަކުން ކޮށްދީފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމު ވިދާޅުވީ ފަންވާރު ހެދުމުގެ ފުރުސަތު އެމްޓީސީސީ އަށް ދެއްވި ކަަމަށްޓަކައި ސަރުކާރަށް ޝުކުރު ދަންނަވާކަމަށެވެ. އަދި އެ ފަންވާރުގެ މަސައްކަތް ރެއާއި ދުވާލު ކުރެވުނު ކަމަށް ހަލީމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ