ރީޖަނަލް އެއަރޕޯޓްތަކުގެ ތެރެއިން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް، ކާޑެއްދޫ އެއަރޕޯޓް އަދި ފުވައްމުލަކު އެއަރޕޯޓް ހަވީރު ހަޔަކުން ފެށިގެން ބަންދު ކުރާ ގޮތަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ނިންމައިފިއެވެ.
އެމިނިސްތްރީން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ކޮވިޑް 19 ގެ ހާލަތާއި ގުޅިގެން ފްލައިޓް ޙަރަކާތްތައް ވަރަށް ބޮޑަށް މަދުކޮށް ހަމައެކަނި ދުވާލުގެ ވަގުތުތަކަށް ބަދަލުކޮށްފައިވާތީ، ރީޖަނަލް އެއަރޕޯޓްސްގެ ފަރާތުން ހިންގާ އެއަރޕޯޓް ތަކުގެ ތެރެއިން 24 ގަޑިއިރު ޚިދުމަތް ދެމުންގެންދާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް، ކާޑެއްދޫ އެއަރޕޯޓް އަދި ފުވައްމުލަކު އެއަރޕޯޓްގެ ހިދުމަތްދޭ ވަގުތު 1 އެޕްރީލް އިން ފެށިގެން ދުވާލު 06:00 އިން 18:00 އަށް ބަދަލުކުރެވިފައިވާ ކަމަށެވެ.
އަދި މެޑިކަލް އިވަކުއޭޝަން ފަދަ ހާއްސަ ހާލަތަކާއި ގުޅިގެން ރޭގަނޑުގެ ވަގުތު ފްލައިޓް ހަރަކާތެއް ބާއްވަން ޖެހިއްޖެނަމަ 3 ގަޑިއިރު ކުރިން އެ މައުލޫމާތު އެއަރލައިން އޮޕަރޭޓަރުގެ ފަރާތުން އެއަރޕޯޓަކަށް އެންގެވުމުން ފްލައިޓް ހަރަކާތުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރެއެވެ.
ރީޖަނަލް އެއަރޕޯޓްތައް ހަވީރު ހަޔަކުން ފެށިގެން ބަންދު ކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ