އެކްސްކާޝަންތައް ހުއްޓާލަން އަންގައިފި

އެކްސްކާޝަންތަކުގެ ގޮތުގައި އެއްވެސް ތަނަކުން މީހުން އައުމާ ދިއުން ހުއްޓާލުމަށް އަންގައިފި އެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ މިވަގުތުން ފެށިގެން އެކްސްކާޝަންތަކުގެ ގޮތުގައި އެއްވެސް ތަނަކުން (ރަށްރަށުން، ރިސޯޓްތަކުން، ސަފާރީތަކުން، ގެސްޓްހައުސްތަކުން) މީހުން އައުމާ ދިއުން ހުއްޓާލުމަށް އަންގާ ކަމަށެވެ.އަދި މި އެންގުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ވަކި ގޮތެއް އަންގަންދެން ދެމި އޮންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ.އެ އެންގުމަށް ފުރިހަމައަށް އަމަލުކުރުމަށް ހުރިހާ އިދާރާތަކާ، އާންމުންނަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ވަނީ އަންގާފައެވެ. ކޮވިޑް19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ދަނީ ގިނަ އެންގުންތަކެއް އަންގަމުންނެވެ. އެގޮތުން ރިސޯޓްތަކާއި، އެހެން ރަށްރަށާ ދެމެދު ދަތުރުކުރުން މަނާކުރުމާއި، އެއް ރިސޯޓުން އަނެއް ރިސޯޓަށް މީހުން ދަތުރުކުރުން މަނާކުރުމުގެ އިތުރުން ރަށްރަށުން ރިސޯޓްތަކަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ