މިއަދު ހެނދުނު 9 ން މެންދުރު 12 އަށް އޭޑީކޭ ހޮސްޕިޓަލް ސަރަހައްދުން ކަރަންޓު ކެނޑޭނެ

އޭޑީކޭ ހޮސްޕިޓަލް ހިމެނޭ ސަރަހައްދުގައި މިއަދު ހެނދުނު 9 ން މެންދުރު 12 އަށް މުހިންމު މަސައްކަތްތަކެއް ކުރަންޖެހޭތީ އެ ވަގުތުގައި އެ ސަރަހައްދުން ކަރަންޓު ކަނޑާލާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ ސޯސަން މަގުގައި ހުންނަ އޭޑީކޭ ހޮސްޕިޓަލްގެ ސަރަހައްދުން ވަކި ވަގުތަކަށް ކަރަންޓު ކަނޑާލަން ޖެހެނީ ކޮންމެހެން ކުރަން ޖެހޭ މަސައްކަތަކަށް ކަމަށެވެ.
ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި އޭޑީކޭ ހުންނަ ސަރަހައްދުން (04/04/2020) ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން 12:00 އާ ދެމެދު ކަރަންޓު ކެނޑޭނެ ވާހަކަ މައުލޫމާތައްޓަކައި ދަންނަވަން. މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މާފަށް އެދެން.— STELCO (@STELCOMALDIVES) April 3, 2020
ސްޓެލްކޯގެ ޓުވީޓްތިން ގަޑިއިރަށް ކަރަންޓު ކަނޑާލާނެ ކަމަށް ސްޓެލްކޯ އިން ބުނި ނަމަވެސް މަސައްކަތް ނިމުނުހާ އަވަހަކަށް ކަރަންޓު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ދިމާވެދާނެ ދަތިކަމަކަށްޓަކައި ސްޓެލްކޯ އިން މާފަށް އެދެ އެވެ. އަދި މިފަދަ ދަނޑިވަޅުތަކުގައި އާއްމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އެ ކުންފުނިން ޝުކުރު އަދާކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ