އިންކަމް ޓެކްސް ނަގަން ފެށީ އާމްދަނީ ހޯދާނެ ގޮތް ނޭނގުމުން: މެމްބަރު ސައީދު
ސަރުކާރުން ރައްޔިތުންނަށް ލިބޭ އާމްދަނީން ޓެކްސް ނެގުމަށް ނިންމާފައިވަނީ އާމްދަނީ ހޯދާނެ ގޮތް ނޭނގޭތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު، އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.ސައީދު މިހެން ވިދާޅުވީ އިދިކޮޅު ސިޔާސީ ލީޑަރު އަދި 2023 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ނެރުމަށް ހަމަޖައްސާފައިވާ ރައީސް އަބްދުﷲ ޔާމީނަށް ނުހައްގުން ކޮށްފައިވާ ޖަލު ހުކުމާއި ދެކޮޅަށް އަޑު އުފުލުމަށް ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވަނީ، މަހަކު 60000 ރުފިޔާގެ އާމްދަނީ އެއް ލިބޭ މީހުންގެ އަތުން ޓެކްސް ނެގުމަށް މިހާރު ނިންމާފައިވާކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި އެންމެ ކުޑަ އުޖޫރަ ލިބޭ މީހާގެ އާމްދަނީންވެސް ޓެކްސް ނަގާނެ ކަމަށް ވިދާޅުވެފައެވެ.60،000 ރުފިޔާގެ އާމްދަނީ އެއް ލިބޭ މީހުންގެ އަތުން ޓެކްސް ނަގަން އެ ފެށީ. ދެން ތިބޭފުޅުން ވިސްނަައިގެން ތިއްބަވާތި. ތިޔަ ހުރިހާ ބޭފުޅުންގެ އަތުންވެސް ޓެކްސް ނަގާނެ. އެއީ ކިީއްވެގެންތޯ އެކަން އެ ކުރަނީ. އާމްދަނީ ހޯދަން ނޭނގޭތީ އެކަން އެ ކުރަނީ." ސަޢީދު ވިދާޅުވިއެވެ.މީގެ އިތުރުން ސައީދު ފާހަގަކުރެއްވި ގޮތުގައި ރައީސް ޔާމީނަކީ އާމްދަނީ ހޯދަން އެނގިވަޑައިގަންނަވާާ ވެރިއެއް ކަމަށާއި، އެކަން ވޭތުވެގެން ދިޔަ 5 އަހަރު ރާއްޖޭގެ އެކި ސަރަހައްދުން ފެންނަން އެބަ ހުއްޓެވެ."ރައީސް ޔާމީނަކީ ވެރިކަން ކުރައްވަން އެނގިގެން ވެރިކަން ކުރެއްވި ބޭފުޅެއް. ރައީސް ޔާމީނަށް އެނގޭ ދާންވީ ކޮން ދިމާލަކަށްކަން. ނަމަވެސް ރައީސް ޔާމީން ނުކުރައްވާނެ ކަމެއް އަޅުގަނޑު ދަންނަވާލާނަން. ދުވަހަކުވެސް އެމަނިކުފާނު ރަތް ރޮނގެއް ހުރަހެއް ނުކުރައްވާނެ. ރާއްޖޭގައި މި އޮތް އިސްލާމްދީނާއި، ޤައުމިއްޔަތު ގެއްލިގެންދާނެ ފަދަ އެއްވެސް ކަމެއް ނުކުރައްވާނެ. އަދި އެއިން އެއްވެސް ކަމަށް ޖާގައެއް ނުދޭނެ." ސައީދު ވިދާޅުވިއެވެ.ސައީދު ވަނީ އެމްޑީއެންގެ ވާހަކަ އަކީ އެއްގޮތަކަށްވެސް ސިޔާސީ ވާހައެއް ނޫން ކަމަށާއި އެއީ ވަރަށް ސީރިއަސް ވާހަކައެއް ކަން ފާހަގަކުރައްވާފައެވެ. އަދި އެމްޑީއެން އުވާލުމާއި ދެކޮޅަށް ޕީޕީއެމްޕީއެންސީ އިން ވާހަކަ ދައްކަނީ އެއްވެސް ހާލެއްގައި ސިޔާސީ މަންފާއެއް ހޯދުމަށް ނޫން ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ