ގާޒީ އަލީ ރަޝީދު އުޅުއްވާ ގެއަށް ބަޔަކު ގެއްލުންދީފި

ކްރިމިނަލް ކޯޓު ހިންގެވުމާއި ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ދިރިއުޅުއެްވާ ފްލެޓަށް ބަޔަކު ގެއްލުން ދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ އަލީ ރަޝީދު ދިރިއުޅުއްވާ ފްލެޓްގެ ބޭރު ދޮރަށް ގެއްލުންތަކެއްދީ ލިޔުމެއް ލިޔެފައިވާ މައްސަލަ ރޭ ފަތިހު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ ގޭގެ ދޮރަށް ގެއްލުންދޭން ބޭނުންކުރި ކޯރާނޑި އެގޭގެ ދޮރުކައިރިން ފެނިފައިވާއިރު މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އަޅައި އެ މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށެވެ.
ގެއްލުން ދޭން ބޭނުން ކުރި ކަމަށް ބުނާ ކޯރާޑި
-- ފޮޓޯ: ޕޮލިސް
އަލީ ރަޝީދު ކްރިމިނަލް ކޯޓު ހިންގެވުމާއި ހަވާލުވެވަޑައިގަތީ ދާދި ފަހުން ޖޭއެސްސީ އިން ބަލަމުން ދިޔަ މައްސަލައަކާއި ގުޅިގެން އެ ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ސަސްޕެންޑް ކުރުމާއި ގުޅިގެންނެވެ. ހައިލަމް ސަސްޕެންޑްކުރީ ނަސްރުގެ ދުވަހާ ގުޅިގެން ކުރިމިނަލް ކޯޓުގެ އިޖުތިމާއީ ކަންކަމުގައި މަޝްވަރާކޮށް ހިޔާލު ބަދަލު ކުރުމަށް ހަދާފައިވާ ވައިބާ ގުރޫޕަށް ހައިލަމް ފޮނުއްވި ތަހުނިޔާގެ މެސެޖާ ގުޅިގެންނެވެ.
ހައިލަމް ސަސްޕެންޑް ކުރުމާއެކު އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް ވަރަށް ބޮޑަށް ވަނީ އަމާޒުވެފަ އެވެ. އަދި ހައިލަމްވެސް ވަނީ ސަރުކާރަށް ތަފާތު އެކި ތުހުމަތުތަކެއްވެސް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ