ތަޅާލި އިންޑިއާގެ ބާބުރީ މިސްކިތް ހުރި ބިން ހިންދޫންނަށް ދޭން ކޯޓުން ހުކުމްކޮށްފި
އިންޑިއާގެ ހައްދު ފަހަނައަޅި ހިންދޫން ނުކުމެ ތަޅާލި ބާބްރީ މިސްކިތް ހުރި ބިން ހިންދޫންނަށް ދޭން އިންޑިއާގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ. އެ ނިންމުމާއެކު ހިންދޫންނަށް އެ ބިމުގައި ފައްޅި އެޅުމުގެ ފުރުސަތު މިހާރު ވަނީ ލިބިފަ އެވެ. އަދި އޭގެ ބަދަލުގައި އެހެން ބިމެއް މުސްލިމުންނަށް ދޭންވެސް ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ. ސޯޅަ ވަނަ ގަރުނުގައި ބިނާކުރި ބާބްރީ މިސްކިތް ހުރި ބިމަކީ ހިންދޫން ގަބޫލުކުރާ ރާމް ކަލާންގެ އުފަންވި ބިންކަމަށް އެމީހުން ދައުވާ ކުރެ އެވެ. ހަރުކަށި ހިންދޫން ނުކުމެ ބާބްރީ މިސްކިތް ތަޅާލީ 1992 ވަނަ އަހަރު އެވެ. އެ މިސްކިތް ތަޅާލުމާ ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި 2000 އެއްހާ މީހުން މަރުވި އެވެ. ސްުޕްރީމް ކޯޓުން ހުކުމް އިއްވިއިރު އެ ސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް ސޯޝަލް މީޑިއާވެސް މޮނީޓާކޮށްފަ އެވެ. އެގޮތުން އެ ސަރަހައްދުގެ ކޮލެޖުތަކާއި ފިހާރަތައްވެސް ވަނީ ބަންދުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ