ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނެސްފިނަމަ އަބަދުވެސް އޮންނާނީ މިއަދު ލަންކާގައި އޮތް ހާލަތު: ޑރ.ޝަހީދު

ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނެސްފިނަމަ އަބަދުވެސް އޮންނާނީ މިއަދު ލަންކާގައި އޮތް ހާލަތު ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ.އަހްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޝަހީދު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޓެގްކުރައްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަރުލަމާނީ ނިޒާމް ގެނެސްފިނަމަ ތާ އަބަދަށް އޮންނާނީ މިއަދު ލަންކާއަށް ދިމާވެގެން އުޅޭގޮތް ދިމާވެގެން ކަމަށެވެ. Raajjeyga barulamany nizam genesfinama, thaa abadhu onnaany miadhu Lanka ah dhimaavegen ulhey goiy dhimaavefa! @ibusolih— Ahmed Shaheed (@ahmedshaheed) October 28, 2018
ޑރ.ޝަހީދު މިހެން ވިދާޅުވީ ލަންކާގެ ރައީސް ކުއްލި ގޮތަކަށް އެގައުމުގެ ބޮޑު ވަޒީރުގެ މަގާމަށް ކުރީގެ ރައީސް ރާޖަ ޕަކްސާ އަންޔަން ކުރުމާއި ގުޅިގެންނެވެ.
ލަންކާގައި އޮންނަނީ ފުރިހަމަ ބަރުލަމާނީ ނިޒާމެއް ނޫނެވެ. އެހެން ނަމަވެސް އޮންނަ މިކްސް ނިޒާމުގެ ތެރެއިން ލަންކާގެ ގާނޫނު އަސާސީން ބޮޑު ވަޒީރު ބަދަލުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ. ނަމަވެސް މަޖިލިސް ތެރޭގައި އެމީހެއްގެ ބާރާއި ނުފޫޒު އޮންނަން ޖެހެއެވެ.
ލަންކާގައިވެސް އޮންނަނީ އިންޑިއާގައި އޮންނަ ވައްތަރާއި ދާދި އެއްގޮތް ނިޒާމެކެވެ.
ލަންކާގެ ރައީސް މައިތިރި ޕާލާ ސިރިސޭނާ ވަނީ ބޮޑު ވަޒީރު ރަނިލް ވިކލްރަމަ ސިންގް މަޖިލިސް ތެރޭގައި އެމަނިކުފާނަށް ތާއީދު އޮތްކަން ދައްކަން ކުރި މަސައްކަތް މަޖިލިސް ސަސްޕެންޑް ކޮށްގެން ހުއްޓުވާފައެވެ. މިކަމާއި ދެކޮޅަށް އެމެރިކާއާއި އީޔޫއިން ވަނީ ތެދުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ