މެމްބަރު ލަތީފް، އެއް ލައްކަ ރުފިޔާގެ އަގުބޮޑު ފުޓްބޯޅަ މުބާރާތެއް ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި އެލްއެލް ސްޕޯޓްސް ކްލަބާ ގުޅިގެން އަޟްހާ ޢީދުގެ މުނާސާބަތުގައި އަގުބޮޑު ފުޓްބޯޅަ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.
"100،000 ރުފިޔާގެ ފުޓްބޯޅަ މުބާރާތް 2014" ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރި ވުމަށް އެދޭ ފޯމް ހއ. އަތޮޅު ޒުވާނުންގެ މަރުކަޒުން ލިބެން ހުންނާނެ ކަމަށް އެލްއެލް ސްޕޯޓްސް އިން ބުންޏެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅޭނެ ސުންގަނޑި އަކީ މިމަހުގެ 24ވާ ބުދަ ދުވަހުގެ ރޭގަނޑު 23:00 އެވެ.
ފޯމް ފުރިހަމަ ކުރުވުމަށްފަހު ހުށަހަޅަން ޖެހޭނީ ހއ. އަތޮޅު ޒުވާނުންގެ މަރުކަޒަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ