މަޖިލިސް އިންތިހާބުގައި އަދާލަތުން ވާދަކުރަން ބޭނުންވާ 13 ދާއިރާގެ މައުލޫމާތު ހިއްސާކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީން ކުރިމަތިލުމަށް ބޭނުންވާ 13 ދާއިރާގެ މައުލޫމާތު ގުޅިފައިވާ އިއްތިހާދުގެ ޕާޓީތަކާ ހިއްސާކޮށްފި އެވެ.
އަދާލަތު ޕާޓީން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ގުޅިފައިވާ ޕާޓީތަކުން ސޮއި ކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް އަދާލަތު ޕާޓީން ކުރިމަތިލުމަށް ބޭނުންވާ 13 ދާއިރާގެ މައުލޫމާތު އިއްތިހާދުގައި ހިމެނޭ އެމްޑީޕީއާއި، ޖޭޕީ އަދި ރައީސް މައުމޫނާ ހިއްސާކޮށްފައިވާ ކަމަށެވެ.
އަދާލަތު ޕާޓީގެ ކެންޑިޑޭޓުން ކުރިމަތިލުމަށް ބޭނުންވާ 13 ދާއިރާއަކީ:
1. ކެލާ ދާއިރާ
2. ކުޅުދުއްފުށީ އުތުރު ދާއިރާ
3. މަކުނުދޫ ދާއިރާ
4. ވައިކަރަދޫ ދާއިރާ
5. އިނގުރައިދޫ ދާއިރާ
6. ކާށިދޫ ދާއިރާ
7. މަހިބަދޫ ދާއިރާ
8. މުލަކު ދާއިރާ
9. ނިލަންދޫ ދާއިރާ
10. ގަމު ދާއިރާ
11. ފުވައްމުލަކު ދެކުނު ދާއިރާ
12. ފޭދޫ ދާއިރާ
13. މާފަންނު ދެކުނު ދާއިރާ
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީން ކުރިމަތިލާނެ ދާއިރާތައް ހާމަކޮށްފައި މިވަނީ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަށް އެޕާޓީގެ ގައުމީ މަޖިލީހުން ރޭ ފާސްކޮށްފައިވަނިކޮށެެވެ.
ގުޅިފައިވާ ޕާޓީ ތަކުން ސޮއި ކޮށްފައިވާ އެއްބަސްވުމުގައި އެމްޑީޕީން އެއްބަސްވެފައިވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި 35 ދާއިރާއަކަށް ކުރިމަތިލުމަށެވެ. މިއެއްބަސްވުމުގައި ގޮތުން ޖޭޕީން 22 ދާއިރާއަކަށް ރައީސް މައުމޫންގެ ފަރާތްޕުޅުން 17 ދާއިރާއަކަށް އަދި އަދާލަތު ޕާޓީން 13 ދާއިރާއަކަށް ކުރިމަތިލުމަށް ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ