ގައުމެއް ހަލާކުވެގެންދަނީ އެގައުމެއްގައި ވެރިކަން ކުރަން ހުންނަ މީހެއްގެ ގޮތުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީއާ އާ މެމްބަރުންތަކެއް ގުޅުމަށް ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ގައުމުގެ މުސްތަގުބަލާއި މުޅި މުޖުތަމައާ ގުޅިފައިވާ މުއައްސަސާތައް ހަލާކުވެގެންގޮސް މުޅި ގައުމު އެ އަވައިގައި ޖެހިގެންދަނީ ގައުމުގައި ވެރިޔަކަށް ހުންނަމީހާ މިނިވަން މުއައްސަސާތަކަށް ބާރުފޯރުވައި ނަހަމަގޮތުގައި ބާރުގެ ބޭނުން ކުރުމުން ކަމަށެވެ.
ފެހި ގާނޫނުއަސާސީ ވުޖޫދުވުމާއެކު ދިވެހިރާއްޖޭގައި އޮތީ މުޅި ދުނިޔޭގައިވެސް ނަމޫނާ ދެއްކޭނެ ފަދަ ފުރިހަމަ ގާނޫނުއަސާސީއެއް ކަމަށް ވިދާޅުވަމުން ގާސިމް ވިދާޅުވީ އެހެންނަމަވެސް ފަހުން ގާނޫނުއަސާސީއާއި ގާނޫނުތަކަށް ގެނައި ބަދަލުތަކާއި އެކު މުޅި ގައުމަށް ބޮޑެތި ބަދަލުތަކެއް އައިސް ގައުމު ދިޔައީ ފަނާވެގެން ދިޔުމުގެ ތުންފަތްމައްޗަށް ކަމަށެވެ.
ގާސިމް ވިދާޅުވީ ގައުމުގެ ވެރިކަން ހޯދުމަށްޓަކައި ކެމްޕޭން ކުރަމުންދާއިރު ކޮންމެ މީހަކުވެސް ރައްޔިތުންނަށް ބޮޑެތި ވައުދުތަކެއް ވާނެ ކަމަށާއި އެތައް ހުވަފެންތަކެއް ދައްކާނެ ކަމަށެވެ. އެހެންނަމަވެސް ވެރިކަން ލިބި އެ ބާރުގެ ރަހަ ޖެހުމާއި އެކު ކޮންމެ މީހަކުވެސް އެމީހަކު ވީވައުދުކާއި ރައްޔިތުންނަށް ދެއްކި ހުވަފެންތަކުގެ ހަނދާން ނެތި ބާރުގެ އަވައިގައި ޖެހި ހުރިހާ ކަމެއް އަމިއްލަ ބާރުގެ ދަށަށް ގެނައުމުގެ ދަހިވެތިކަމުގައި މަޝްޣޫލުވަނީ ކަމަށެވެ. ގައުމު ފަނާވެގެންދާ އެންމެ ބޮޑު ސަބަބަކީވެސް އެއީ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގައުމު ހަލާކުވެގެން ދަނީ ވެރިޔަކަށް ހުންނަ މީހެއްގެ ގޮތުން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ