އަތޮޅުގެ ޗެމްޕިއަން ބޮޑުތަފާތަކުން ބަލިކޮށް ހެނބަދޫ ސެމީއަށް

ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގައި
މިއަދު ހަވީރު ކުޅެވުނު މެޗުގައި ނ.އަތޮޅުގެ ޗެމްޕިއަންކަން ވޭތުވެދިޔަ ދެ އަހަރު
ހޯދާފައިވާ މާޅެންދޫ ބޮޑުތަފާތަކުން ބަލިކޮށް ހެނބަދޫއިން ސެމީފައިނަލްގެ ދެވަނަ
ޖާގަ ޔަޤީން ކޮށްފިއެވެ. 
މިއަދުގެ މެޗަށް ނިކުތް އިރުވެސް މިއަދުގެ މެޗަކީ
ސެމީއަށް ދިއުމަށްޓަކައި ހެނބަދޫއަށް މޮޅެއްހޯދުމަށް މަޖުބޫރު މެޗަކަށްވުމުން
ހެނބަދޫއިން ވަނީ މެޗުފެށުނު ވަގުތުން ފެށިގެން މާޅެންދޫ ގޯލަށް ބާރު ބޮޑުކުރަން
ފަށާފައެވެ. ނަމަވެސް ހެނބަދޫއަށް އެޓީމުގެ މަސައްކަތް ކާމިޔާބު ވެފައިވަނީ މެޗުގެ
46 ވަނަ މިނިޓްގައި އެޓީމުގެ ޖާޒީނަމްބަރ 11 އަލީ ޝަޙީދު ކާމިޔާބުކޮށްދިން ގޯލުންނެވެ.
މި ގޯލަށްފަހު ފުލުފުލުގައި ހެނބަދޫއިން 3 ގޯލްޖެހުމަށްފަހު މެޗުގެ ފަހު ދެގޯލް ފެނިގެންދިޔައީ
މެޗުގެ ފަހު 15 މިނިޓްގައެވެ.
މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް
ހޮވިފައިވަނީ ހެނބަދޫގެ ތާރީޙްގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއްކުޅުންތެރިޔާ
ކަމަށް ހެނަބަދޫގެ ގިނަބަޔކު އިއްތިފާޤުވާ އެޓީމުގެ ޖާޒީނަމްބަރ 10 ހުސެއިން
އަބުދުﷲ (ބަހާރޭ) އެވެ.
މިއަދުގެ މެޗުގެ މިނަތީޖާ އާއިއެކު ހެނބަދޫއިން
ގްރޫޕް އޭގެ 2 ވަނަ ހޯދުމުން އެޓީމަށް ސެމީފައިނަލްގައި ބައްދަލުކުރަން ޖެހޭނީ
މިފަހަރުގެ މުބާރާތުގައި މިހާތަނަށް އެއްވެސް މެޗަކުން ބަލިނުވެ ހުރިހާ މެޗަކުން
މޮޅުވެފައިވާ ހޮޅުދޫ އާއެވެ. އަދި މިއަދުގެ މެޗުން ހެނބަދޫ މޮޅުވުމުން ވޭތުވެދިޔަ
އަހަރުގެ މިމުބާރާތުގެ ޗެމްޕިއަން މިލަދޫ އަށާއި އަދި މިއަދުގެ މެޗުގެ ނަތީޖާއަށް
ބަލަބަލާ އޮތް މަނަދޫއަށް ސެމީފައިނަލަށް ދެވެން އޮތް ހަނިހަނި ފުރުޞަތުވެސް
ބަންދުވެގެން ދިޔައީއެވެ. އަދި މާދަމާ މިލަދޫ އާއި މަނަދޫ ބައްދަލުކުރާ މެޗުގެ
ބޭނުންވެސް ކެނޑިގެން ދިޔައީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ