ގާޒީ ބާރީ އާއި ޝުޖާއު އުޘްމާނަށް މަގާމުގައި ތިބެވޭނެ ކަމުގެ ގެރެންޓީ ގާސިމް ދެއްވައިފި
ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމުގައި ހުންނަވައި ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި ޚިލާފަށް ޝަރީޢަތްތައް ހިންގާފައިވާކަމަށް ގިނަބަޔަކު ތުހުމަތުކުރާ ގާޒީ އަބްދުލްބާރީ ޔޫސުފް އާއި ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުޘްމާނަށް މަގާމުގައި ދެމިތިބެވޭނެ ކަމުގެ ޔަގީންކަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެއްވައިފިއެވެ.
“ރާއްޖެ އޮބްޒާވަރ” އަށް އެނގިފައިވާ ގޮތުގައި ގާސިމް އެފަދަ ޔަގީންކަން ދީފައިވަނީ، ހައިކޯޓުގެ ފަނޑިޔާރު ޝުޖާޢު އުޘްމާން އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުލް ބާރީ ޔޫސުފަށެވެ. އޭގެ ތެރެއިން ބާރީ އަލުން ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަމަށް އައްޔަން ކުރާނެ ކަމަށް ގާސިމް ވަނީ ޔަގީންކަން ދީފައެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް ޝަރީޢަތްތައް ކުރިއަށް ގެންދިޔައީ ގާޒީ ބާރީ އާއި ޝުޖާޢު އުޘްމާނެވެ. އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާންގެ ޝަރީޢަތް ކުރިއަށް ގެންދިޔައީ ގާޒީ ބާރީއެވެ.
ގާޒީ ބާރީ އަކީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގައި ހުންނަވައި ހިންގެވި ޝަރީޢަތްތަކުގެ އަޑުއެހުންތައް ގެއްލުވާލި ކަން ވެސް ފަޅާއަރާފައިވާ ގާޒީއެކެވެ.
މި ޝަރީޢަތްތައް ކުރިއަށް ގެންދިޔައިރު ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގައި ދެބޭފުޅުން ތިއްބެވި ނަމަވެސް، ޝަރީޢަތްތައް ނިމުނު ފަހުން ގާޒީ ބާރީއަށް ވަނީ ކްރިމިނަލް ކޯޓުގެ އިސްގާޒީކަން ދީފައެވެ. އެހެން ނަމަވެސް ގާސިމް އިބްރާހިމްގެ ޝަރީޢަތެއްގައި ބާރީ ނިންމެވި ނިންމެވުމަކާއި ގުޅިގެން އޭނާގެ މައްސަލަ ޖޭއެސްސީ އިން ބެލުމަށް ފަހު ވަނީ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައެވެ.
ސިޔާސީ ފަރާތްތަކުގެ މައްޗަށް ހުކުމް އިއްވި ޝުޖާއު އުސްމާނަށް ހައިކޯޓަށް “ޕްރޮމޯޓް” ވުމުގެ ފުރުސަތު ލިބުނު އިރު އެބޭފުޅާ އަކީ، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާއި އެކު ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތަކުގައި ފާޅުގައި ބައިވެރިވި ފަރާތެވެ.
ރާއްޖޭގެ ޝަރުޢީ ދާއިރާ އިސްލާޙް ކުރުމަކީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އެއްމެ މުހިއްމު އެއް ވައުދަށް ވާއިރު، ގާސިމް އިބްރާހިމް ބައެއް ފަނޑިޔާރުންގެ ދިފާޢުގައި ނިކުންނެވުމަކީ އެކަމަށް ހުރަސް އެޅޭނެ ކަމެކެވެ. އެހެން ނަމަވެސް މިކަމާއި ބެހޭގޮތުން ކޯލިޝަނުގެ އެއްވެސް ފަރާތަކުން އަދި ރަސްމީކޮށް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ގުޅޭޚަބަރުތައް
އަލްހާން ފަހުމީ ޤާސިމް އިބްރާހިމް އާއި ބައްދަލުކުރައްވައިފިރައްޔިތުންގެ މަޖްލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހްމީ، މަޖްލީހުގެ ރައީސް ޤާސިމް އިބްރާހިމްއާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.…
ޙިސާން އާއި ވާދަކުރުމަށް ތުޅާދޫ ދާއިރާއަށް އަތީފްތުޅާދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ވާދަ ކުރުމުގެ ޝައުޤުވެރިކަން މުޙައްމަދު އަތީފް ފާޅު ކުރައްވައިފިއެވެ. އަތީފް ތުޅާދު ދާއިރާގެ…
ކާނަލް ނާޒިމް އާއި އިންތިހާބީ ރައީސް ސޯލިހު ބައްދަލުކުރައްވައިފިކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރޓ) ނާޒިމް އާއި އިންތިހާބި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެެއްވުން…
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ