ވެލާނާ އެއާޕޯޓުން ކަރަންޓު ކެނޑި، އޮޕަރޭޝަންސްތައް މެދުކެނޑުމަކަށް އަތުވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަރަންޓު ކެނޑި، އޮޕަރޭޝަންސްތައް މެދުކެނޑުމަކަށް އަތުވެއްޖެއެވެ.
ވެލާނާ އެއާޕޯޓުން ކަރަންޓު ކެނޑިފައި އޮންނަތާ މިހާރު ގިނަ އިރުތަކެއް ވެފައިވާ އިރު، ފްލައިޓްތައް އޮޕަރޭޓުކުރުން މެދުކެނޑި، ޗެކިންގ ކައުންޓަރުތައް އޮޕަރޭޓްކުރުން ވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރި ޓުވީޓެއްގައި ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ސަރަހައްދުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
އެއާޕޯޓުން ކަރަންޓު ކެނޑިފައިވަނީ "ރިންގް މެއިން"އަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށާއި ޓެކްނިކަލް ޓީމުތަކުން އެ މަސައްކަތް ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.
ތަފްސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ