ކޮނޑޭ ރައްޔިތުން ވޯޓުލުމަށް މާލޭގައި ވަކި ފޮށްޓެއް ނުބަހައްޓަން ނިންމައިފި

ގއ. ކޮނޑޭ ރައްޔިތުން ވޯޓުލުމަށް މާލޭގައި ވަކި ވޯޓް ފޮށްޓެއް ނުބަހައްޓާ ގޮަތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެގޮތަށް ހަމަޖެއްސުމާއި ގުޅިގެން، ކޮނޑޭ ރައްޔިތުންގެ ތެރެއިން މާލޭގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުން ވޯޓުލުމަށް މިހާރު ހަމަޖެހިފައިވަނީ އިސްކަންދަރު ސްކޫލްގައި ބަހައްޓާ މަޑުއްވަރީ މީހުން ވޯޓުލާ ފޮށްޓަށް ކަމަށެވެ.
މަޑުއްވަރީ ބައި އިލެކްޝަން ބާއްވަން ނިންމާފައިވަނީ މަޑުއްވަރީ ކައުންސިލްގެ މެމްބަރަކު އިސްތިއުފާ ދިނުމުންނެވެ. ކޮނޑޭ ބައި އިލެކްޝަން ބާއްވަނީ އެ ކައުންސިލަށް އިންތިހާބު ވެފައިވާ މެމްބަރަކު މަގާމުގެ ހުވާ ކުރުމުގެ ކުރިން ކައުންސިލް މެމްބަރުކަމުގެ މަގާމު ދޫކޮށްލަން އެދުމުންނެވެ.
މި ދެ ކައުންސިލްގެ ބައި އިލެކްޝަން ބާއްވަން ނިންމާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ