ޔާމީނަށް ތާއީދުކުރަނީ ކޮއްކޮއަކަށް ވީމައެއްނޫން: ރައީސް މައުމޫނު

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ތާއީދުކުރައްވަނީ ޔާމީނަކީ އެބޭފުޅާގެ ކޮށްއކޮއަކަށް ވީމާ ނޫންކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މިރޭ ލ ފޮނަދޫގައި ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ ރައީސް މައުމޫނު ޔާމީނަށް ތާއީދުކުރައްވާތޯ ނުވަތަ ނޫންތޯ ޝައްކު އުފެދޭގޮތަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ގެންދާކަމުގައެވެ. އަދި ރައީސް މައުމޫނު ޔާމީނަށް ތާއީދު ކުރައްވާކަމަށާއި އެތާއީދު ކުރައްވަނީ ޔާމީނަކީ އެމަނިކުފާނުގެ ކޮށްކޯފުޅަށް ވީމައި ނޫންކަމަށާއި ޔާމީނަށް ތާއީދު ކުރައްވަނީ އެއީ ޕީޕީއެމްގެ ނިންމުމަކަށް ވީމާކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
"އަޅުގަނޑު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތާއީދުކުރަނީ އެމަނިކުފާނަކީ އަޅުގަނޑުގެ ކޮށްކޮއަކަށްވާތީކީނޫން، އެމަނިކުފާނު އެތަމްސީލްކުރަނީ ޕީޕީއެމްކަމަށްވާތީ، އެމަނިކުފާނުގެ އުސޫލަކީ ޕީޕީއެމްގެ އުސޫލުކަމަށްވާތީ، އެމަނިކުފާނުގެ ފިކުރަކީ ޕީޕީއެމްގެ ފިކުރުކަމަށްވާތީ، އަދި އަޅުގަނޑު އެމަނިކުފާނު އިންތިހާބުކޮށްފައިމިވަނީ ވަރަށް އިންސާފުވެރި ވަރަށް ދެފުށްފެންނަ އިންތިހާބަކަށްވާތީ" ރައީސް މައުމޫނު ވިދާޅުވިއެވެ.
ރައީސް މައުމޫނު ވިދާޅުވީ ޕީޕީއެމްގެ ޕްރައިމަރީގައި އުމަރު ނަސީރަށް ކާމިޔާބު ލިބުނުނަމަވެސް އުމަރުގެ ފަހަތުގައި ހުންނަވާނެކަމަށާއި އުމަރަށް ތާއީދު ހޯދުމަށް ރަށްރަށަށް ވަޑައިގެން މަސައްކަތް ކުރައްވާނެކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ