ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ނާޒިމުގެ ޕާސްޕޯޓް ހިފަހައްޓަން ކުރި އަމުރު ބާތިލުކޮށްފި

ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމުގެ ޕާސްޕޯޓް ހިފަހައްޓަން ސުޕްރީމް ކޯޓުން ކޮށްފައިވާ އަމަރު އެކޯޓުން ބާތިލުކޮށްފިއެވެ. ސުޕުރީމް ކޯޓުން ނާޒިމުގެ އާއިލާއަށް އިއްޔެ ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ދައުލަތުން ހުށަހެޅުމުން އެކޯޓުން ބަލަމުން ދިޔަ ހަތަރު މައްސަލައަކާ ގުޅިގެން ނާޒިމުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ނެރެފައިވާ އަމަރު ބާތިލުކޮށްފައިވާ ކަމަށެވެ. ނާޒިމުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ސުޕްރީމް ކޯޓުން ކުރިން ނެރުނީ މަކަރާއި ހީލަތް ހެދުމުގެ ހަތަރު މައްސަލައެއްގައި އޭނާގެ މައްޗަށް ދައުލަތުން ދައުވާ ކުރުމުންނެވެ. އެ ހަތަރު މައްސަލައިގެ ތެރެއިން އެއް މައްސަލައިގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެ އުމުރު ދުވަހުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން ވަނީ އިއްވާފައެވެ.. އޭނާގެ މައްޗަށް ދައުވާކޮށްފައިވާ އަނެއް ތިން ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް މިހާރު ވަނީ ނިމިފައެވެ. ނަމަވެސް އެ ތިން މައްސަލައިގައި އަދި ހުކުމެއް ނީއްވައެވެ. ނާޒިމު މިހާރު އަންނަނީ ސުޕްރީމް ކޯޓުން ކުރި ޖަލު ހުކުމް ތަންފީޒުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ