ބަހިއްޔާ ޕްރީ ސްކޫލް ހިންގާނެ ބަޔަކު ހޯދަނީ

ބ. އޭދަފުށީ ބަހިއްޔާ
ޕްރީ ސްކޫލުގެ ގްރައުންޑް ފްލޯގައި ޕްރީ ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އޭދަފުށީ
ކައުންސިލުން އިއުލާންކޮށްފި އެވެ.
ބަހިއްޔާ ގައި ޕްރީ
ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އިއުލާން މި ކުރީ 2018 އިން ފެށިގެން މައި
ކޮލެޖުން އެތަނުގައި ހިންގަމުން އަންނަ ޕްރީ ސްކޫލްގެ އެއްބަސްވުން ބާތިލުކުރުމަށް
އެ ކޮލެޖުން ނިންމުމާ ގުޅިގެންނެވެ.
އޭދަފުށީ ކައުންސިލުން
ކުރި އިއުލާނެއްގައި ބުނީ ބަހިއްޔާގެ ގްރައުންޑް ފްލޯގައި ޕްރީ ސްކޫލު ހިންގަން
ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް މީޓިން އަންނަ މަހުގެ 3 ވަނަ
ދުވަހު އޮންނާނެ ކަމަށެވެ. އަދި ބީލަން ހުށަހެޅުން އަންނަ މަހުގެ 10 ވަނަ ދުވަހު
އޮންނާނެ ކަމަށް ބުންޏެވެ.
މައި ކޮލެޖުން ބަހިއްޔާ ޕްރީ ސްކޫލު ހިންގުން ހުއްޓާލަން ނިންމި ނަމަވެސް، ބަހިއްޔާ ޕްރީ ސްކޫލުގެ ދެވަނަ ފަންގި ފިލާގައި ހިންގަމުން އެ ކޮލެޖުން ހިންގަމުން އަންނަ އައުޓްރިޗް ސެންޓަރުގައި ކުރިއެކޭ އެއްގޮތަށް ސެޓްފިކެޓް ލެވެލް އާއި ޑިޕްލޮމާއާއި ޑިގްރީ އަދި ޕީޖީ ކޯސްތައް ކުރިއަށްގެންދަން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ