އާބާދީ އާއި ތަރައްގީ އެއްފަސްކުރުމަށް ފައިސާ ހޯދުމަށް ބީލަމަށްލީ ތިން ރަށަށް 56 ފަރާތަކުން ބީލަން ހުށަހަޅައިފި

އާބާދީ އާއި ތަރައްގީ އެއްފަސްކުރުމަށް ފައިސާ ހޯދުމަށް ބީލަމަށްލީ ތިން ރަށަށް 56 ފަރާތަކުން މިއަދު ބީލަން ހުށަހަޅައިފި އެވެ.
މީހުން ބަދަލުކުރުމަށް ބޭނުންވާ ފައިސާގެ ތެރެއިން 7.5 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 96 މިލިއަން ރުފިޔާ) ހޯދުމަށް ބީލަމަށްލީ ތިން ފަޅުރަށުގެ ބީލަން ބަލައިގެނެ ހުޅުވުން އޮތީ ނަސަންދުރަ ޕެލަސް ހޮޓަލުގަ އެވެ.
ޓޫރިޒަމަން މިނިސްޓްރީން ވިދާޅުވި ގޮތުގައި ތިން ރަށުގެ ތެރެއިން ރ. އެތްތިގިއްޔަށް 14 ފަރާތަކުން ބީލަން ހުށަހެޅިއިރު ގއ. ފަޅުމާފުއްޓާ އަށް 11 ފަރާތަކުން އަދި ބ. ވައްކަރަށް 31 ފަރާތަކުން ބީލަން ހުށަހަޅައިފައި ވެ އެވެ. ދެ ލައްކަ ޑޮލަރުގެ ބޭންކު ގެރެންޓީއަކާ އެކު ބައިވެރިވެވޭ މި ބީލަމުގެ ބިޑިން ޑޮކިޔުމަންޓު 73 ފަރާތަކުން ގަނެފައިވެ އެވެ.
މިއަދު ބީލަންތައް ހުޅުވަން ފެށީ މެންދުރު 00: 1 ގަ އެވެ. ނޫސް ޗާޕަށްދިޔައިރު އެ ބީލަންތައް ހުޅުވައެއް ނުނިމެ އެވެ.
މި ރަށްރަށުގެ ބިޑިން ޑޮކިޔުމަންޓުގައި ބުނެފައިވާ ގޮތުގައި މި ރަށްރަށުގެ ބީލަން ކާމިޔާބުކުރާ ފަރާތުން 10 ދުވަހުގެ ތެރޭގައި މަދުވެގެން ފަސް މިލިއަން ޑޮލަރު ( 64.25 މިލިއަން ރުފިޔާ) އެޑްވާންސް ކުލީގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހެ އެވެ. އޭގެ އިތުރުން އެއް އަހަރު ދުވަހުގެ ތެރޭގައި ހަތަރު ބަޔަށް ބަހާލައިގެން 2.5 މިލިއަން ޑޮލަރު ކޮންމެ ރަށަކުން ސަރުކާރަށް ދައްކަންޖެހެ އެވެ. އެއީ ވެސް ކުލިން އުނިކުރެވޭ ބަޔެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ