ސުޕީރިއާ ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމުގެ ކަންތައް ކުރިއަށް ގެންދަނީ ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފަށް ކަމަށް ބުނެ ހައި ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ފަރާތުން ޝަރީއަތަށް ހާޒިރުނުވުމުން އެ މައްސަލަ އިއްޔެ ހައި ކޯޓުން ބޭރުކޮށްފި އެވެ.
ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދާއި ގާނޫނީ ވަކީލުންތަކެއް ގުޅިގެން ހުށަހެޅި އެ މައްސަލަ ބޭއްވުމަށް ޝެޑިއުލްކޮށްފައި އޮތީ އިއްޔެ މެންދުރު ފަހު 00: 2 އަށެވެ. ނަމަްެސް އެއިން އެއްވެސް ބޭފުޅަކު ހާޒިރުވެ ވަޑައެއް ނުގަންނަވަ އެވެ. އެހެންކަމުން ގަވާއިދުގައިވާ ގޮތުގެ މަތިން އެ މައްސަލަ ވަނީ ހައި ކޯޓުން ބޭރުކޮށްފަ އެވެ.
އެންމެ ފުރަތަމަ ފަނޑިޔާރުންގެ މައްސަލަ ހުށަހަޅާފައި ވަނީ ސިވިލް ކޯޓަށެވެ. ނަމަވެސް ހައި ކޯޓުން ހުކުމް ކުރީ އެއީ ދަށު ކޯޓަށް ބެލުމުގެ އިހްތިސާސް ލިބިގެންނުވާ ދުސްތޫރީ މައްސަލައެއް ކަމަށެވެ. އެހެންކަމުން ދެ ވަނަ ފަހަރަށް އެ މައްސަލަ ހުށަހެޅީ ހައި ކޯޓަށެވެ.
ހައި ކޯޓުން އެ މައްސަލަ ބާތިލް ކޮށްފައި މި ވަނީ މައްސަލަ ހިންގައި، މެދަކާ ހިސާބަށް ގޮސްފައި އޮއްވަ އެވެ.
ދައުވާކުރާ ފަރާތް ހާޒިރުނުވުމުން ފަނޑިޔާރުންގެ މައްސަލަ ހައި ކޯޓުން ބޭރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ