ފުލުހުން ވާންޖެހޭނީ ރައްޔިތުންގެ އިންސާނީ ހައްގުތައް ހިމާޔަތްކުރާ ބަޔަކަށް: ހޯމް މިނިސްޓަރު

ދިވެހި ފުލުހުން ވާންޖެހޭނީ ދިވެހި ރައްޔިތުންގެ އިންސާނީ ހައްގުތައް ހިމާޔަތްކޮށް އެންމެ ކުރީސަފުގައި މަސައްކަތްކުރާ ބަޔަކަށް ކަމަށް ހޯމް މިނިސްޓަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
އައްޑު އަތޮޅު ހިތަދޫގައި ހުންނަ ޕޮލިސް ޓްރޭނިން ސްކޫލްގައި ހިންގި ފުލުހުން ތަމްރީން ކުރުމުގެ ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތަސްމީން ވިދާޅުވި ގޮތުގައި ދިވެހި
ފުލުހުންނަށް މިއަދު ތަމްރީނު ދެވި ބައްޓަން ކުރެވިފައި ވަނީ ދިވެހި ރައްޔިތުންގެ އިންސާނީ ހައްގުތައް ހިމާއަތްކޮށް އެންމެ ކުރީސަފުގައި މަސައްކަތްކުރާ ބައެއްގެ ގޮތުގަ އެވެ.
ހިތަދޫ ޕޮލިސް ޓްރޭނިން ސްކޫލްގައި 11 ހަފުތާ އަށް ހިންގި ކޯހުން ފާސްވި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށް ދެއްވީ ވެސްޓަން އޮސްޓްރޭލިއާގެ ސްޕްރިންޓެންޑެންޓް ކެތަރީން ބްލެން އާއި ރާއްޖޭގެ
ޗީފް އިންސްޕެކްޓަރު އަހުމަދު ފަސީހާއި އިންސްޕެކްޓަރު އަހުމަދު އަރީފާއި އިންސްޕެކްޓަރު ގްރެގަރީ ކްރޮފްޓްސް އެވެ.
ޕޮލިސް ރެކްރޫޓިން ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވަނަވަނަ އަށް ހޮވުނު ދަރިވަރުންނަށް ތަށި ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާން ވެސްޓަން އޮސްޓްރޭލިޔާގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް
ކްރިސްޓޮފާ ޑޯސަން އާއި އޭނާގެ އަނބިކަނބަލުންނެވެ. އަދި ސްކޮޑަށް ކޮމިޝަނާ އޮފް ޕޮލިސްގެ ވާދައިގެ އައްޑަނަ ހަވާލުކޮށް ދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އާދަމް ޒާހިރު އެވެ.
ހިތަދޫ ޕޮލިސް ޓްރޭނިން ސްކޫލްގައި ހިންގި ކޯހުގެ ނިންމުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ކްރިސްޓޮފާ ޑޯސަން އާއި ޕޮލިސް ކޮމިޝަނާ އާދަމް ޒާހިރާއި
އިންސްޕެކްޓާ މުހައްމަދު ރިޝްވާން ވާހަކަ ދެއްކެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ