މެމްބަރު ސައުދު އެމްޑީޕީއަށް ސޮއިކުރައްވައިފި

ވިލިނގިލީ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ސައުދު ހުސައިން އެމްޑީޕީ އަށް ސޮއިކުރައްވައިފި އެވެ.
ސަޢުދު އެމްޑީޕީއަށް ސޮއިކުރެއްވި ފޯމް ސޯޝަލް މީޑިއާގައި މިހާރު އާންމުވެފައިވާއިރު، ސައުދު އެމްޑީޕީއާ ގުޅުމުން މަޖިލީހުގައި އެމްޑީޕީގެ މެމްބަރުންގެ އަދަދު ވަނީ 66 އަށް އަރާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ކަމަށް ދެވަނަ ދައުރަކަށް ސައުދު އިންތިހާބުވީ އަމިއްލަ މެންބަރެއްގެ ގޮތުގަ އެވެ. ނަމަވެސް އެންމެ ފުރަތަމަ އެ ގޮނޑި އަށް ސައުދު އިންތިހާބުވީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގަ އެވެ.
ސައުދު އަކީ ކުރީގެ ވެރިކަމުގައި ގޮނޑި ގެއްލުނު ކަމަށް ބުނެ މެންބަރުކަމުން ވަކި ކުރެއްވި 12 މެމްބަރުންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ