އިސްރާއީލުގެ އުދުވާނީ ޓެރަރިސްޓު ސިފައިން ފަލަސްތީނުގެ ޣައްޒާގެ އެތަން މިތަނަށް ބޮން އެޅުމުގެ ސަބަބުން ފަލަސްތީނުގެ 8 މީހުން ޝަހީދުވެ، ސާޅީހަށްވުރެ ގިނަމީހުން ޒަޚަމް ވެއްޖެއެވެ.
އިސްރާއީލުގެ އުދުވާނީ ސިފައިންގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި އުމުރުން އެންމެ 5 އަހަރުގެ ތުއްތު އަންހެން ކުއްޖަކުވެސް ހިމެނެއެވެ.
ފަލަސްތީނުގެ މީޑިއާއިން ބުނެފައިވަނީ، އިސްރާއީލުން ޣައްޒާއަށް މިއަދު މެންދުރުފަހު ބޮން އަޅަންފެށީ، ފަލަސްތީނުގެ އިސްލާމިކް ޖިހާދު ޖަމާއަތާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ފަށާކަން އިއުލާން ކުރުމަށް ފަހުގައި ކަމަށެވެ.
އިސްރާއީލުގެ ހަމަލާތަކުގައި އިސްލާމިކް ޖިހާދުގެ އިސް ލީޑަރެއް ކަމަށްވާ ތައިސީރް ޖާބަރީވެސް ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ މީޑިއާއިން ބުނެއެވެ.
އިސްރާއީލުގެ އުދުވާނީ ސިފައިން އަސްކަރީ މަތިންދާ ބޯޓުތަކުން ޣައްޒާގެ މެދުތެރޭގައި ހުރި އިމާރާތްތަކާއި، އާންމުން ދިރިއުޅޭ އިމާރާތްތަކަށްވެސް ބޮން އަޅާފައި ވެއެވެ. ހަމަލާތައްވެސް އަދިވެސް ހުއްޓާނުލާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިސްރާއީލުގެ އުދުވާނީ ސިފައިން ޣައްޒާއަށް ބޮން އަޅަނީ: 8 މީހުން ޝަހީދު، 44 މީހުން ޒަޚަމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ