ކޮމަންވެލްތުގެ އާ މެމްބަރު ޤައުމުތަކަށް ޝާހިދު މަރުހަބާ ވިދާޅުވެއްޖެ

ކޮމަންވެލްތުގެ މެމްބަރުންގެ ގޮތުގައި އެޖަމާއަތާއި އަލަށް ގުޅުނު ހުޅަނގު އެފްރިކާގެ ދެ ޤައުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަރުހަބާ ވިދާޅުވެއްޖެއެވެ.
ކޮމަންވެލްތުގެ މެމްބަރުކަން ލިބުނު ދެ ޤައުމަކީ ގެބޮން އަދި ޓޯގޯ އެވެ.
މިނިސްޓަރ ޝާހިދުގެ މަރުޙަބާގެ މެސެޖްގައި، ދެޤައުމުގެ ޚާރިޖީ ވަޒީރުންނާއި ސަރުކާރާއި އަދި ރައްޔިތުންނަށް މަރުޙަބާ ވިދާޅުވެ، ކޮމަންވެލްތު ޤައުމުތަކަށް ދިމާވެފައިވާ އެކިއެކި މައްސަލަތަކަށް ހައްލު ހޯދުމުގައި ގުޅިގެން ކުރާ މަސައްކަތުގައި އެޤައުމުތަކާއެކު މަސައްކަތް ކުރެވޭނެކަމަށް ޔަޤީން ކުރައްވާކަމަށް ވިދާޅުވިއެވެ. އަދި މިއީ އެޤައުމުތަކަށާއި، ކޮމަންވެލްތަށްވެސް ލިބުނު ކުރިއެރުމެއް ކަމަށް ވިދާޅުވިއެވެ.
ގެބޮން އަދި ޓޯގޯ ކޮމަންވެލްތުގެ އާ މެމްބަރުންނަށް ވެފައިވަނީ ނިމިދިޔަ ހަފްތާގައި ރުވާންޑާގެ ވެރިރަށް ކިގާލީގައި ބޭއްވި ކޮމަންވެލްތު ޤައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައެވެ. މިއާއެކު ކޮމަންވެލްތު މެމްބަރު ޤައުމުތަކުގެ އަދަދު 56 އަށް ވަނީ އިތުރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ