ސިޔާސީ މަންފާ އިތުރުކުރުމުގެ ނިޔަތް ނޫން އިތުރު ނިޔަތެއް އިމްރާންގެ ނެތް: މެމްބަރު ރާޢީ

ސިޔާސީ މަސައްކަތްކޮށް ސިޔާސީ މަންފާ އިތުރުކުރުމުގެ ނިޔަތް ނޫން އިތުރު ނިޔަތެއް އަދާލަތު ޕާޓީގަ ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްމަބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
ޔޯގާ ދުވަހުގެ ހަރަކާތާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި 2 ދީނީ އިލްމުވެރިން ނުހައްގުން ހައްޔަރުކޮށްފައިވާތީ އެކަމާ ގިނަ އިލްމުވެރިން އަންނަނީ ނުރުހުން ފާޅުކޮށް ހޯމް މިނިސްޓަރަށް ފާޑުވިދާޅުވަމުންނެވެ.
އަދި އަދާލަތު ޕާޓީ ދިވެހި ރައްޖޭގައި އުފެދިގެން އައީ ފަނޑުވަމުންދިޔަ މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި އުސޫލުތައް ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ކަމުގައާއި، އަދި އެޕާޓީ ކުރިއަށް އޮތް ތަނުގައި ދެމި އޮންނާނީވެސް އެޒިންމާ އަދާކުރުމުގައި ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން ދާދި ފަހުން ވިދާޅުވުމާ ގުޅިގެންވެސް ރައްޔިތުންގެ ނުރުހުން އިމްރާނަށް ވަނީ އަމާޒުވެފައެވެ.
ގިނަ ފާޑުކިޔުންތަކެއް މިނިސްޓަރު އިމްރާނަށާ އަދި އަދާލަތު ޕާޓީއަށް އަމާޒުވެފައިވާ މި ވަގުތުގަ މެމްބަރު ރާއީ ކުރެއްވި ޓްވީޓެއްގައި ވަނީ ސިޔާސީ މަސައްކަތްކޮށް ސިޔާސީ މަންފާ އިތުރުކުރުމުގެ ނިޔަތް ނޫން އިތުރު ނިޔަތެއް އަދާލަތު ޕާޓީގައިވެސް އަދި އެ ޕާޓީގެ ލީޑަރު އިމްރާނުގެވެސް ނެތް ކަމަށް ވިދާޅުވެފައެވެ.
އަދި މަނިކުފާނުގެ މާޒީ އެކަންކަމަށް ހެކިވެރިވާނެކަން ފާހަގަކުރައްވާ ރާޢީ ވިދާޅުވީ އަދާލަތު ޕާޓީ ވުޖޫދުގައި ނެތް ކަމުގައިވިޔަސް އިސްލާމްދީން ދެމި އޮންނާނެ ކަމަށެވެ.
އަދާލަތު ޕާޓީއަށް މިފަދަ ތުހުމަތުތައް އަމާޒުވާން މިފެށީ ރާއްޖޭގައި އެއް ޖިންސުން ގުޅުން ހިންގާ މައްސަލަތައްވެސް އިތުރުވަމުން އަންނައިރު އެކަމާ ދެކޮޅަށް ނިކުމެފައިނުވާތީ އާއި ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގައި ޝައިހް އާދަމް ނިޝާނާއި ޝައިހް ފަޟްލޫންގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކުރުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ