އަންހެނުންތަކެއް ފަހަތުން ދުވުމަކީ ސިފައިން ލަތުވެތިވާން ޖެހޭ ކަމެއް: ރައީސް ޔާމީން

"އިންޑިއާ އައުޓް"އޭ ގޮވަމުންދާ އަންހެނުންތަކެއް ފަހަތުން ދުވުމަކީ ސިފައިން ލަތުވެތިވާން ޖެހޭ ކަމެއް ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.ރައީސް ޔާމީން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "އިންޑިއާ އައުޓް"އޭ ގޮވަމުންދާ ހިތްވަރުގަދަ އަންހެންތަކެއް ފަހައި ސިފައިން ދުވުމަކީ ލަދުވެތިވާން ޖެހޭ ކަމެއް ކަމަށެވެ.އޭގެ އިތުރުން ރައީސް ޔާމީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ފާޑުވިދާޅުވެފައެވެ. ރައީސް ޔާމީން ވިދާޅުވީ ރައީސް ނަޝީދު ރާއްޖެއަށް ގެންނެވީ އިގުތިސާދީ އަޅުވެތިކަން ކަމަށެވެ.އިންޑިއާގެ ބާރު ރާއްޖެއަށް ފޯރާފައިވާކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ ރާއްޖެ އޮތީ ބޭރު ބައެއްގެ އަޅުވެތިކަމުގައި ކަމަށާއި ސަރުކާރުން ކުރާ މަސައްކަތަކީ އެފަދަ މައްސަލަތަކާ ދެކޮޅަށް ނުކުންނަ މީހުން ހުއްޓުވުމަށް މަސައްކަތްކުރުން ކަމަށެވެ.މިއަދު ރާއްޖޭގެ ޙާލަތަށް އިޝާރާތްކުރައްވައި ރައީސް ޔާމީން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ސިފަކުރެއްވީ ކެމްބޯޑިއާގައި ވެރިކަންކުރި ކެމަރޫޖުގެ ވެރިޔާ ޕޮލްޕޮޓް ފަދަ ބޭފުޅެއްގެ ގޮތަށެވެ. އަދި ރާއްޖެ އޮތީ ބޭރުގެ ފަރާތެއްގެ ފުރިހަމަ ބާރުގެ ދަށުގައިކަން ސިފަކުރައްވައި ރައީސް ޔާމީން ވިދާޅުވީ މިއަދު މުޅި ޤައުމު އޮތީ ރެސްލިންގައި މީހުން ހަންމަތަކުރަން އަޅުވާ މަޅިއެއް ކަމުގައިވާ ހާލްފް ނެލްސަން ހޯލްޑުގެ ދަށުވެފައި ކަމަށެވެ. އަދި މިއަދު ފްރެންކެސްޓައިން ފޯސްއާ ގުޅިގެން "އިންޑިއާ އައުޓް" ގޮވާ ހިތްވަރުގަދަ އަންހެނުން ފަހަން ސިފައިން ނުކުމެފައިވާތީ، އެއީ ފިރިހެންވަންތަ އަޚުލާޤު އެކަމުން ފެންނަ ކަމެއްތޯވެސް ރައީސް ޔާމީން ސުވާލު އުފެއްދެވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ އެއީ ލަދުވެތި ކަމެއް ކަމަށެވެ.ރައީސް ޔާމީން މިހެން ވިދާޅުވެފައި މިވަނީ, އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ "އިންޑިއާ އައުޓް" މުޒާހަރާއެއްގެ ތެރެއިން ދިދައެއް ހިފައިގެން ހުރި އަންހެނަކު ފަހައި ސިފައިންގެ މީހަކު ދުވާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ދާދިފަހުން ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށެވެ.ރައީސް ޔާމީން ޖަލުން މިނިވަންވެވަޑައިގެން "އިންޑިއާ އައުޓް" ހަރަކާތް ފުޅާކުރައްވައި، އެ ހަރަކާތުގެ ތެރެއިން ހިންގާ ކަންކަން އިތުރުކުރެއްވުމާ ގުޅިގެން އެ ހަރަކާތް ހުއްޓުވަން ތަންފީޒީ ބާރުތަކުގެ މައްޗަށް އަމުރުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ ޤަރާރެއް ނެރުއްވާފައެވެ.ރައީސްގެ ގަރާރަށްފަހު ފުލުހުން ގެންދަނީ މާލޭގެ އެކި ސަރަހައްދުގައި އިންޑިއާ އައުޓް ޖަހާފައިވާ ބެނާތަކާއި އިންޑިއާ އައުޓް ރަމްޒުވާ ގޮތަށް ހުރި ބެނާތައް ނަގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ