ވެލިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީ ފަރާތުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ނ. ވެލިދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓު ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްޑީޕީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ވެލިދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި އެޕާޓީގެ ޓިކެޓްގައި ވާދަކުރުމަށް ބޭނުންވާ ޝަރުތު ފުރިހަމަވާ ފަރާތްތަކުން އަންނަ ހޯމަ ދުވަހުގެ 15:00 ގެ ކުރިން އެކަމަށް އެދޭ ފޯމް ޕާޓީގެ ގައުމީ ސެކްރެޓޭރިއަޓްއަށް ހުށަހެޅުއްވުމަށް އެދޭ ކަމަށެވެ.
އެ ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ޝަރުތު ހަމަވާ އެއް ބޭފުޅަކަށް ވުރެ ގިނަ ބޭފުޅުން ކުރިމަތިލައްވައިފިނަމަ، ބައި-އިލެކްޝަންގައި ޕާޓީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށާއި ޕްރައިމަރީ އޮންނާނީ ޖުލައި 24 ވަނަ ދުވަހު ކަމަށް އެމްޑީޕީން ބުނެ އެވެ.
ވެލިދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޯދުމަށް އިއުލާނުކޮށްފައިވާއިރު އެ އިންތިހާބު ބާއްވަން އިލެކްޝަނުން އަދި އިއުލާނުކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ