އަބްދުއްރަހީމް އާއި ޒަމީރު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް އާއި ބައްދަލު ކުރައްވައިފި

ޕްރޮގުރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިނލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްއާ މިރޭ މ.މާފަންނުވިލާ ގައި ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުމަކީ ކޮންކަމަކާއި ގުޅިގެން ބޭއްވި ބައްދަލުވުމެއް ކަމެއް ޖޭޕީގެ ލީޑަރ ގާސިމް އިބްރާހީމް ވެސް އަދި ޕީޕިއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އާއި ޓުއަރިޒަމް މިނިސްޓަރ ޒަމީރު ވެސް ވިދާޅުވެފައެއް ނުވެއެވެ.
އަބްދުއްރަހީމްގެ ޖޭޕީގެ ލީޑަރ ގާސިމް އިބްރާހީމްއާ ބައްދަލު ކުރައްވާފައިވާއިރު އޭނާގެ ބާރުތައްް ރައީސް މައުމޫން ވަނީ ނަންގަވާފައެވެ. އަދި އެކަމާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވެފައި ވަނީ ރައީސް މައުމޫންނަށް އެގޮތަށް އެކަން ނުކުރެއްވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ