ހުކުރު ދުވަހަށްފަހު މޫސުން ރަނގަޅުވާން ފަށާނެ ކަމަށް ލަފާކުރެވޭ ކަމަށް ޤައުމީ މޫސުމާއިބެހޭ އިދާރާއިން ބުނެފިއެވެ.
އެއިދާރާ އިން މިރޭ ބުނީ މިހައިތަނަށް ފެންނަ ގޮތުން މާދަމާ ވިސްސާރަކުރާނެ ކަމަށާއި ހުކުރު ދުވަހު ވެސް ވިއްސާރަކުރާނެ ކަމަށެވެ. "މާދަމާ ވިއްސާރަކުރާނެ. ހުކުރު ދުވަހު މަޑުވާންފަށައިފާނެ. ހޮނިހިރު ދުވަހު މޫސުން ރަނގަޅުވާނެ ކަމަށް އަދި ފެންނަނީ."
މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ރާއްޖެތެރެއަށް ދަތުރުކުރާ ގިނަ އަދަދެއްގެ އުޅަނދަށް ވަނީ ނުފުރިފައެވެ. އެގޮތުން ބަނދަރުގައި އޮންނަތާ 10 ވަރަކަށް ދުވަސްވީ ބޯޓުފަހަރުވެސް އެބަހުއްޓެވެ.
ވިއްސާރައިގެ ސަބަބުން ބައެއް ރަށްރަށުގައި މިއަދުވެސް ވަނީ ފެންބޮޑުވެފައެވެ. އަދި ބައެއް އަތޮޅުތަކުގައި ވަނީ ދަތުރުފަތުރުވެސް ނުކުރެވިފައެވެ.
ހުކުރު ދުވަހަށްފަހު މޫސުން ރަނގަޅުވާން ފަށާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ