އަލްޖަޒީރާއިން މިއަދު ނެރުނު ރިޕޯޓުގައި ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ރައީސް މައުމޫން ދޮގުކުރައްވައިފިއެވެ.
ރައީސް މައުމޫން މިރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ "އެއްވެސް ސިޔާސީ ފަރާތަކާ ގުޅުމަށް ނުވަތަ ތާއީދުކުރުމަށް އަހަރެން ދުވަހަކުވެސް ފައިސާއަކަށް ނޭދެން. އަދި (އެއްވެސް ފައިސާއެއް ޤަބޫލުކޮށްފައެއް ވެސް ނުވާނެ." ކަމަށެވެ.
އަލްޖަޒިރާގެ ރިޕޯޓުގައި "އިތުބާރު ހުރި" ފަރާތަކާއި ހަވާލާދީ ކަމަށްވުނެ ތުހުމަތުކޮށްފައިވަނީ "އިދިކޮޅު ފަރާތްތަކާ ގުޅުމަށް، އެއް ލައްކަ" ޑޮލަރު ދިނުމަށް މައުމޫން ނަޝީދުގެ ކިބައިން އެދިވަޑައިގަތް ކަމަށެވެ. އަދި އެންމެ މަދުވެގެން ވެސް އެއިގެ ދެބައިކުޅަ އެއްބައި ކަމަށްވާ ބައިލައްކަ ޑޮލަރު ރައީސް ނަޝީދު، ރައީސް މައުމޫނަށް ދެއްވި ކަމަށެވެ.
މިތުހުމަތާއި ގުޅިގެން ރައީސް މައުމޫނުގެ ސަޕޯޓަރަކު ވިދާޅުވީ އެންމެ ފަންސާސް ހާސް ޑޮލަރު ފަދަ މަދު އަދަދެއްގެ ވާހަކަ، ޚާއްޞަކޮށް އެކަން ރައީސް ނަޝީދު އެކަން ދޮގުކުރައްވާފައިވަނިކޮށް ރިޕޯޓުގައި ލިޔުނީ ރައީސް މައުމޫނު ފަޟީޙަތްކުރުމުގެ ބޭނުމުގައި ކަމަށެވެ. "މީހަކު ޤަބޫލުކޮށްފާނެ ފަހަރެއްގައި މިލިއަން ތަކަކުން ލިޔުނު ނަމަ. ނަމަވެސް އެހައި މަދު އަދެއް ލިޔުނީމާ އެއީ ހަމަ ރައީސް މައުމޫނުގެ ވާހަކަ ވެސް ލިޔެލަން ކުރިކަމެއްކަމަށް އަޅުގަނޑު ޤަބޫލުކުރަނީ."
ރައީސް މައުމޫނަކީ އެއްވެސް އަގަކަށް އެމަނިކުފާނުގެ ސިޔާސީ ފިކުރު ވިއްކަވާނެ ބޭފުޅެއް ނޫންކަން ރައީސް މައުމޫނުގެ މާޒީން ޔަޤީންކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އޭނާ ޤަބޫލުކުރައްވާ ގޮތުގައި އެއީ ރައީސް ނަޝީދުގެ ރޭއްވެވުމުގެމަތިން ކޮށްފައިވާ ކަމެކެވެ. އަދި ރައީސް މައުމޫނާއި ގުޅުން އޮންނަކަމަށް ވިދާޅުވެ ރައީސް ނަޝީދު ހައްދަވަނީވެސް އިތުރުފުޅުތަކެކެވެ. "އެއީ ހަމަ ރައްޔިތުންނަށް އޮޅުވާލައި ބައިގިނަ ކުރަން ކުރާކަންކަން" ކަމަށެވެ.
އަލްޖަޒީރާގެ ތުހުމަތުތައް ރައީސް މައުމޫން ދޮގުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ