ހިޖުރައިގެ ދަރުސްތަކުން ޢިބްރަތް ޙާޞިލުކޮށް، އެއްބައިވަންތަކަމުގެ ގުޅުން ވަރުގަދަކޮށް ބަދަހިކުރުމާއެކު، ސަރުކާރުން ރައްޔިތުންގެ ތަރައްޤީއަށާއި ލުއިފަސޭހައަށް ކުރަމުންގެންދާ މަސައްކަތްތަކަށް ރައްޔިތުން ފުރިހަމަ އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވާލައްވާފައިވަނީ، ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ތަޙުނިޔާގެ ޚިތާބުގައެވެ.
ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ރައީސް ޔާމީން ފޮނުއްވި ޚިތާބުގައި، ތަރައްޤީގެ މަގުގައި ފިޔަވަޅުތައް އަޅާއިރު، އެކަންކަން ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނީ، ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުމާ އެކުގައިކަމާއިމެދު ޔަޤީންކަމަށް ވިދާޅުވިއެވެ.
އަދި، ހިޖުރައިގެ ދަރުސްތަކުން ޢިބްރަތް ޙާޞިލުކޮށް، އެއްބައިވަންތަކަމުގެ ގުޅުން ވަރުގަދަކޮށް ބަދަހިކުރުމާއެކު، ސަރުކާރުން ރައްޔިތުންގެ ތަރައްޤީއަށާއި ލުއިފަސޭހައަށް ކުރަމުންގެންދާ މަސައްކަތްތަކަށް ރައްޔިތުން ފުރިހަމަ އެއްބާރުލުން ދެއްވުމަށް ގޮވާލެއްވިއެވެ.
އަދި، ހިޖުރީ އައު އަހަރެއް ފެށުމާ ގުޅިގެން، ދިވެހިރާއްޖޭގެ ލޮބުވެތި އުޚުތުންނަށާއި އަޚުންނަށް، މި އުފާވެރި މުނާސަބަތުގެ ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރުމަކީ، އެމަނިކުފާނަށް ލިބޭ ނުހަނު ބޮޑު އުފަލެއްކަން ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުގެ ޚިތާބު ނިންމަވާލެއްވީ، މާތްﷲ، މި ފެށުނު 1438 ވަނަ އަހަރަކީ، ދިވެހިރާއްޖެއަށާއި، ދިވެހިރާއްޖޭގެ ލޮބުވެތި އުޚުތުންނަށާއި އަޚުންނަށް ހިތްހަމަޖެހުމާއި އުފާފާގަތިކަމުގައި ވޭތުކުރެވޭ އަހަރެއް ކަމުގައި ލެއްވުމަށް އެދި ދުޢާ ދަންނަވަމުންނެވެ.
ސަރުކާރުންކުރާ މަސައްކަތްތަކަށް ރައްޔިތުން އެއްބާރުލުންދިނުން މުހިންމު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ